
އެމެރިކާ ގާއިމްކޮށްފައިވާ އެންމެ ބޮޑު ރާޑަރު
އީރާން-އެމެރިކާ ހަނގުރާމަ: އެމެރިކާ ގާއިމްކޮށްފައިވާ އެންމެ ބޮޑު ރާޑަރު ފުނޑާލައިފި

ރިޟްވާން މޫސާ - 28 ފެބްރުއަރީ 2026 - 19:37
އީރާނުގެ ވަރުގަދަ ހަމަލާތަކާއެކު އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ރާޑަރު ފުނޑާލައިފިކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިޔާ މެދުވެރިކޮށް އެގައުމުން ހާމަކޮށްފައިވަނީ މި ރާޑަރު ފުނޑާލީ ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ޑްރޯނެއްކަމަށްވާ ޝާހިދު މަރުކާގެ ޑްރޯނެއް ބޭނުންކޮށްގެން ކަމަށެވެ. މި ރާޑަރު ބަހައްޓާފައިވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްކަމަށްވާ އީދީދް ވައިގެ ބޭހުގައެވެ.
މި ޑްރޯނުން ހަމަލާދިނުމުގެ ކުޑަ ތަންކޮޅެއް ކުރިން އީރާނުންވަނީ އާދައިގެ ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން އީދީދް ވައިގެ ބޭހަށް ހަމަލާއެއް ދީފައެވެ.
އީރާނުން ހަލާކުކޮށްލި ރާޑަރަކީ ގާތްގަނޑަކަށް ފަސްހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައި ޗެކްކުރުމުގެ ގާބިލްކަން ލިބިފައިވާ ޕީ އެފް – 132 މަރުކާގެ ރާޑަރެކެވެ.
އީރާނަށް ޔަހޫދީން ނާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގެ ބަދަލުގައި އީރާނުން މިއަދުވަނީ ބަދަލުގައި މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ހަތް ބޭސްއަކަށް ރައްދު ހަމަލާތައް ދީފައެވެ.
މީގެތެރޭގައި ސައޫދީ، ޔޫއޭއީ، ގަތަރު، ބަހްރައިން ކުވައިތު އަދި އުރުދުންގައި ހުންނަ އެމެރިކަގެ އަސްކަރީ ބޭސްތައް ހިމެނެއެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން މިގައުމުތަކުގައި މިއަދު ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވާފައެވެ.
އީރާނުން ތަކުރާރުކޮށް މީގެ ކުރިންވެސް ވަނީ އީރާނަށް ހަމަލާދީފިނަމަ ސަރަހައްދީ ހަމަނުޖެހުމަކަށް ގޮސް އެ ގައުމަކަށް ރައްދު ހަމަލާތައް ދިނުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަލާމަތްތެރިކަން ހޯދަން އަންގައިފި
3 ގަޑިއިރު ކުރިން

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށައިފި
3 ގަޑިއިރު ކުރިން

މެދުއިރުމަތީގެ މައްސަލައިގައި ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް
4 ގަޑިއިރު ކުރިން

މެދުއިރުމަތީގައި އުޅޭ ދިވެހީންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)