
އޭއައި އަށް ކްރިޕްޓޯ ވިޔަފާރިކުރެވޭ ވޮލެޓެއް ތައާރަފްކޮށްފި

ރިޟްވާން މޫސާ - 13 ފެބްރުއަރީ 2026 - 14:36
އޭއައި އަށް ކްރިޕްޓޯ ވިޔަފާރިކުރެވޭ ވޮލެޓެއް ތައާރަފްކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ޕްލެޓްފޯމެއް ކަމަށްވާ "ކޮއިންބޭސް" އިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓުންނަށް އަމިއްލައަށް ކްރިޕްޓޯ މުއާމަލާތްތައް ހިންގޭނެ ފަދަ "އޭޖެންޓިކް ވޮލެޓް" ގެ ނަމުގައި އައު ވަސީލަތެއް ވަނީ ތައާރަފްކޮށްފަ އެވެ.
ކޮއިންބޭސް އިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައެވެ.
މިއީ އަމިއްލަ އިޚްތިޔާރުގައި މަސައްކަތްކުރާ ނުވަތަ "އޭޖެންޓިކް އޭއައި" ގެ ދާއިރާ ފުޅާވަމުން އަންނަ ދަނޑިވަޅެއްގައި ކޮއިންބޭސް އިން އެޅި މުހިންމު ފިޔަވަޅެކެވެ.
މީގެ ކުރިން އޭއައި ސިސްޓަމްތަކަށް ހަމައެކަނި މާކެޓް އެނަލައިޒްކޮށް ލަފާދެވުނު ނަމަވެސް، އިންސާނުންގެ ބެލުމުގެ ދަށުން މެނުވީ އަސްލު ފައިސާ ބޭނުންކޮށްގެން މުއާމަލާތް ނުހިންގެއެވެ.
ނަމަވެސް ކޮއިންބޭސް އިން ބުނާ ގޮތުގައި މިއައު ވޮލެޓާއެކު މިކަމަށް ހައްލެއް ލިބި، އޭއައި އޭޖެންޓުންނަށް އަމިއްލައަށް ރައްކާތެރިކަމާއެކު މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކޮއިންބޭސްގެ ޑިވެލޮޕާ ޕްލެޓްފޯމުގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ އިންސާނުންނަށްވުރެ ބޮޑަށް އޭއައި އޭޖެންޓުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ފުރަތަމަ ވޮލެޓް ނިޒާމެވެ. މި ޓެކްނޮލޮޖީ ބިނާކޮށްފައިވަނީ އެ ކުންފުނީގެ "އޭޖެންޓްކިޓް" އިންފްރާސްޓްރަކްޗާގެ މައްޗަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
10 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
20 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
20 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
20 ގަޑިއިރު ކުރިން


.gif&w=3840&q=75)