logo

ބަނގުލަދޭޝްގެ އިންތިހާބު ބީ އެން ޕީން ކާމިޔާބުކޮށްފި

profile

ރިޟްވާން މޫސާ - 13 ފެބްރުއަރީ 2026 - 14:10

ބަނގުލަދޭޝްގައި ބޭއްވި ޢާންމު އިންތިޚާބުގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ތަނަވަސް އަޣުލަބިއްޔަތެއް ހޯދައި ކާމިޔާބުކޮށްފި އެވެ

https://wamco.com.mv/

ބީ އެން ފީން 20 އަހަރަށްފަހު އަލުން ވެރިކަމަށް އައުމަށް ތައްޔާރު ވަމުންދާއިރު މި ކާމިޔާބީއާ އެކު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ވެރިޔާ ޠާރިޤު ރަޙްމާނެވެ.

ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން، އިދިކޮޅު ޖަމާޢަތު-އިސްލާމީން ވަނީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ 70 ގޮނޑި ހޯދާފައެވެ. 2013 ވަނަ އަހަރު މަނާކުރެވުނު ޖަމާޢަތު-އިސްލާމީއަށް މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި ބޮޑެތި ޕާޓީތަކުން ބައިވެރިނުވުމާއި ނުވަތަ އިންތިޚާބުގެ ސައްޙަކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ 60 އިންސައްތައަށް އުފުލިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk