
އދ. އިން ގާޒާގެ ބޮޑު ބައެއް ސާފުކުރުމުގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 13 ފެބްރުއަރީ 2026 - 14:08
އދ. އިން ގާޒާގެ ބޮޑު ބައެއް ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އދގެ ތަރައްޤީއާ ބެހޭ ޕްރޮގުރާމް، ޔޫއެންޑީޕީން ސާފުކުރަމުން ދަނީ ހަނގުރާމައިގެ ޙާލަތުގައި ފަލަސްޠީނުގެ ޣައްޒާގައި ކުނި ޖަމާކޮށްފައިވާ ބޮޑު ސަރަޙައްދެއްގެ މަސައްކަތެވެ.
ހަނގުރާމައިގެ ކުރިން ޣައްޒާގެ އެންމެ ދުވަސްވީ އެއް ވިޔަފާރި ސަރަޙަައްދު ކަމަށްވާ ސޫޤު ފިރާސްއަށް ކުނި ޖަމާކުރަން ފެށީ ޖަޙްރުލް ދީކުގައި ހުންނަ ޣައްޒާގެ މައި ކުނިގޮނޑަށް ނުދެވޭ ގޮތަށް ޔަހޫދީން އެ ސަރަޙައްދު ބަންދުކުރުމުންނެވެ.
ޔަހޫދީ ދައުލަތާއެކު ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގާ އިންވެގެން އޮންނަ މި ސަރަޙައްދު މިހާރު އޮތީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައެވެ.
ޔޫއެންޑީޕީގެ ޣައްޒާ އޮފީހުގެ އިސްވެރިޔާ، އަލެސަންދްރޯ މްރަކިކް ވިދާޅުވީ ސޫޤު ފިރާސްއިން ކުނިތައް ނަގައި އެހެން ސަރަޙައްދަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސޫޤު ފިރާސްގައި މިހާރު ހުރި ކުނީގެ ޢަދަދު 300،000 ކިޔުބިކް މީޓަތަށް ވުރެ ގިނަ ކަމަށާއި 13 މީޓަރަށް ވުރެ އުސް ކަމަށެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޔޫއެންޑީޕީން ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަބޫ ޖަރަދު ސަރަޙައްދުގައި ތައްޔާރުކޮށްފައިވާ ވަގުތީ ކުނިގޮނޑަކަށް ސޫޤު ފިރާސްގައި ހުރި ކުނިިތައް ގެންދާނެއެވެ.
ޔޫއެންޑީޕީން ބުނީ ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އެކި ސަރަޙައްދުތަކުން 570،000 ޓަނުގެ ކުނި އެ އިދާރާއިން އެއްކޮށްފައިވާ ކަމަށެވެ. ކުނި އަޅާ ވަގުތީ ސަރަޙައްދުތަކުގެ ޢަދަދު މިހާރު ވަނީ 141ން 56އަށް މަދުވެފައެވެ.
އަބޫ ޖަރަދު ސައިޓު ތައްޔާރުކޮށްފައި ވަނީ ތިމާވެށީގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. 75،000 އަކަ މީޓަރުގެ މި ސައިޓަށް އާންމު ދިރިއުޅުމުގައި އުފެދޭ ކުނި ޖަމާ ކުރާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި އަށް ކްރިޕްޓޯ ވިޔަފާރިކުރެވޭ ވޮލެޓެއް ތައާރަފްކޮށްފި
4 ގަޑިއިރު ކުރިން

ބަނގުލަދޭޝްގެ އިންތިހާބު ބީ އެން ޕީން ކާމިޔާބުކޮށްފި
5 ގަޑިއިރު ކުރިން

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން ޔަހޫދީން ފޭރިގެންފި
5 ގަޑިއިރު ކުރިން

ޝެއިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތައް އެހީވާން ހުޅުވާލައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)