
ޝެއިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތައް އެހީވާން ހުޅުވާލައިފި

ރިޟްވާން މޫސާ - 13 ފެބްރުއަރީ 2026 - 14:09
ޝެއިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތައް އެހީވާން ހުޅުވާލައިފި އެވެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދު ނިޔާވެފައި ވަނީ މެލޭޝިޔާގަ އެވެ.
ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަދާނުގައި ޚިދުމަތް ޖަމިއްޔާއިން ހުޅުމާލޭގައި އަޅާ މިސްކިތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ފަރީދުގެ ހަދާނުގައި ބަންގްލަދޭޝްގައި އެޅި މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަށް އެ ފުރުސަތު ހުޅުވާލުމާއެކު 24 ގަޑިއިރު ނުވަނީސް ހަތް ލައްކަ ރުފިޔާ ލިބިފައިވެއެވެ.
ފަރީދުގެ ހަދާނުގައި ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅާ މި މިސްކިތަކީ 2،500 މީހުންނަށް ނަމާދު ކުރެވޭހެން އިމާރާތް ކުރާ ދެ ބުރީގެ މިސްކިތެކެވެ.
މިސްކިތުގެ އެތެރެ ފަރުމާކުރާނީ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ ގޮތަށް ދީނީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށެވެ. ގުރުއާން ކުލާސްތަކާއި ހިފްޒު ކްލާސްތަކާއި ދީނީ ސެމިނާތަކާއި މުހިންމު ބައްދަލުވުންތަކާއި ޤުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތްތައް ބޭއްވޭނެ ފަދަ ފުރިހަމަ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7770000141496 ނަމްބަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި އަށް ކްރިޕްޓޯ ވިޔަފާރިކުރެވޭ ވޮލެޓެއް ތައާރަފްކޮށްފި
4 ގަޑިއިރު ކުރިން

ބަނގުލަދޭޝްގެ އިންތިހާބު ބީ އެން ޕީން ކާމިޔާބުކޮށްފި
5 ގަޑިއިރު ކުރިން

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން ޔަހޫދީން ފޭރިގެންފި
5 ގަޑިއިރު ކުރިން

އދ. އިން ގާޒާގެ ބޮޑު ބައެއް ސާފުކުރުމުގެ މަސައްކަތް ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)