logo

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން ޔަހޫދީން ފޭރިގެންފި

profile

ރިޟްވާން މޫސާ - 13 ފެބްރުއަރީ 2026 - 14:09

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން އަތުލައި އެ މީހުން ޑިޕޯޓުކުރުމަށް ޢަމުރުކޮށްފިއެވެ.

https://wamco.com.mv/

މިއީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ޔަހޫދީން އުފައްދާފައިވާ ޔަހޫދީ ދައުލަތުގެ ރަށްވެރިކަން ފަލަސްޠީނުގެ ރައްޔިތެއްގެ އަތުން މި ޤާނޫނުގެ ދަށުން އަތުލާފައިވާ ފުރަތަމަ ފަހަރެވެ.

މި ގާނޫނު ފާސްކޮށްފައި ވަނީ 2023 ވަނަ ވަނަ އަހަރު ޔަހޫދީން ފަލަސްތީނަށް ހަމަލާ ދޭން ފަށައި ފަލަސްތީނުގެ ބިންތައް އަތުލުމަށް ފެށި ހާއްސަ އޮޕަރޭޝަނެއް ފެށި ފަހުންނެވެ.

އެ ޤާނޫނުގައި ބުނާ ގޮތުގައި ޔަހޫދީން އެ މީހަކާ ދެކޮޅަށް ވަކި ދައުވާއެއް އުފުލާފައިވާ މީހުންނާއި ވަކި ހުކުމެއް އިއްވާފައިވާ މީހުންގެ ރަށްވެހިކަން ޔަހޫދީންނަށް އަތުލެވޭނެއެވެ.

ޔަހޫދީންގެ އެ ޤާނޫނަކީ ޔަހޫދީ ދަޢުލަތުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ރަށްވެހިވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ފާސްކޮށްފައިވާ ޤާނޫނެކެވެ.

ޔަހޫދީން ޑިޕޯޓްކޮށްލުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ޖަލެއްގައި 23 އަހަރު ހޭދަކުރުމަށް ފަހު 2024ވަނަ އަހަރުގެ ތެރޭގައި މިނިވަންވެފައިވާ މީހަކު ހިމެނެއެވެ. ދެވަނަ މީހާއަކީ 2016ވަނަ އަހަރުން ފެށިގެން ޔަހޫދީ ޖަލެއްގައި 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk