
އައްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މުޙައްމަދު ފަޟްލޫން - 25 ޖޫން 2025 - 06:10
ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މާލެ ފިޔަވައި އެހެން ސިޓީއެއްގައި ހިންގޭ ފުރަތަމަ އޮޕަރޭޝަން އައްޑޫ ސިޓީގައި ފަށައިފިއެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަންގެ 25 އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އޮފިސަރުން ބައިވެރިވެއެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަރަޙައްދުތައް ބަލައި ފާސްކުރުމަށްޓަކައި އޮފިސަރުން ވަނީ ޓީމުތަކަށް ބަހާލެވިފައެވެ.
އޮޕަރޭޝަން ފެށުނީ އައްޑޫ ޕޮލިސް ސްކޫލްގައި ބޭއްވުނު ޚާއްސަ ބްރީފިންގއަކަށްފަހު ހެނދުނު 7:00 ގައެވެ. މި ބްރީފިންގގައި އޮޕަރޭޝަންގައި ހަރަކާތްތެރިވާންޖެހޭ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރެވުނެވެ.
މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން މީޑިއާ އަށް ދެއްވި އިންޓަރވިއުއެއްފައި ފަސީޙު ވިދާޅުވީ މި އޮޕަރޭޝަންގެ ސަބަބުން އަތޮޅުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ފަސީޙު އިތުރަށް ވިދާޅުވީ މިހާތަނަށް، ޤާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމަށް ބިދޭސީ މަސައްކަތްތެރިންނަށް އެކި ފަހަރުމަތިން ފުރުޞަތުތައް ދެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް އުޅެމުންދާކަން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވައިދާ ޙިލާފަށް ވިޔަފާރި ކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
ގަޑިއިރެއް ކުރިން

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
16 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
17 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
20 ގަޑިއިރު ކުރިން


.gif&w=3840&q=75)