logo

ވައިބާރުވެ ކަނޑުތައް ގަދަވާން ފަށައިފި

profile

ޒިދާން މުޙައްމަދު - 09 ޖުލައި 2025 - 05:36

މޫސުން ރަނގަޅު ދުވަސްތަކަކަށް ފަހު ވައިބާރުވެ ކަނޑުތައް ގަދަވާން ފަށައިފިއެވެ.

https://wamco.com.mv/

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އުތުރުގެ ކަނޑުތައް ފިޔަވައި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު މޫސުމުގެ ހަ ވަނަ ނަކަތް ކަމުގައިވާ "އަދަ" ނަކަތް ނިމި، މިހާރު ގުނަމުން މިދަނީ ހަތްވަނަ ނަކަތް "ފުނޯސް" ގެ ދުވަސްތަކެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. ފާއިތުވި ނަކަތަށް ވުރެ ނަކަތުގައި މަސްވެރިކަން ދަށްވާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.

18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ
https://wamco.com.mv/
https://www.aslu.com.mv