
މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1 މިލިއަން 1 ލައްކަ 84 ހާހަށް އަރައިފި

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2025 - 17:47
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1 މިލިއަން 1 ލައްކަ 84 ހާހަށް އަރައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ގެ ނިޔަލަށް މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،184،400 އަށް އަރައިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ އެކަކުން 13 އަށް 76،270 ފަތުރުވެރިން އައި އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 65،665 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއްވަނައިގައި އޮތީ 160،848 ފަތުރުވެރިންނާއިއެކު ޗައިނާއެވެ.
ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 137،597 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 114،113 ފަތުރުވެރިނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 89،156 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިހާރު 175 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 878 ފަތުރުވެހިގެ އިތުރުން، 159 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒަށް ވާސިލްވުމަށް ގިނަ ގުނަ މަސައްކަތް ތަކެއް ޓޫރިޒަމް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން