logo

"ދަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފި

profile

އައިޝަތު އިބްރާހިމް - 12 ޖުލައި 2025 - 07:05

ދަޅަކް 2 ގެ ޓްރެއެލާރ ދައްކާލައިފިއެވެ.

https://wamco.com.mv/

ޒަމާނީ ދުނިޔޭގައި އައިޑެންޓިޓީއާއި ބާރާއި ލޯބީގެ އަގުގެ މުހިންމުކަން ދައްކުވައިދޭ ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ރާހުލް ބަދުވެލްކަރާއި ޝާޒިޔާ އިޤްބާލު ލިޔެ އަދި ހަމަ ޝާޒިޔާ އިޤްބާލު ޑައިރެކްޓްކޮށްފައިވާ މި ފިލްމް ޕްރޮޑިއުސް ކުރަނީ ދަރްމާ ޕްރޮޑަކްޝަނާއި ޒީ ސްޓޫޑިއޯ އަދި ކްލައުޑް 9 ޕިކްޗާސް ގުޅިގެންނެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ޓްރިޕްޓީ ޑިމްރީ އާއި ސިދާންތު ޗަތުރަވެދީ މުހިންމު ރޯލްތަކުން ފެންނާނެކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

މި ފިލްމަކީ ދަޅަކް (2018) ގެ ރޫހާނީ ސީކުއެލްއެއް ކަމަށާއި މިއީ ތަމަޅަ ފިލްމު "ޕަރިއޭރަމް ޕެރުމަލް" (2018) ގެ ރިމޭކެކެވެ. ކާމިޔާބު ފިލްމެއް ނަމަވެސް، ކާސްޓް ނިޒާމުގެ ތަފާތުކުރުން ދެއްކި ގޮތުން ފާޑުކިޔުންތައް އަމާޒުވި ފިލްމެކެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންވެސް މުހިންމު ހިއްސާއެއް އަދާކުރާ "ދަޅަކް 2" ގެ ޕްރީ ޕްރޮޑަކްޝަން މަރުހަލާ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފަށާފައިވާއިރު، ޑިމްރީ އާއި ޗަތުރުވެދީ ކުޅެފައިވާ ކެރެކްޓާތައް ތައާރަފްކޮށް މިއުޒިކަލް ޓީޒާއަކުން މި ފިލްމު ރަސްމީކޮށް އިއުލާންކުރީ މެއި 15، 2025 ގައެވެ.

އިއްޔެ މިހާރު މިވަނީ ހިތްގައިމު ރީތި މި ފިލްމްގެ ޓްރެއިލަރ ރިލީޒްކޮށްފައެވެ. 3 މިނެޓުގެ ޓްރެއިލާރއިން ހިތާމަ އުފާ ލޯބި ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.

Watch on YouTube

ފިލްމުގެ މިއުޒިކް ހަދާފައި ވަނީ ރޯޗަކް ކޯލީ، ތަނިޝްކް ބަގްޗީ، ޖާވިދު-މޮހްސިން އަދި ޝްރެޔަސް ޕޫރަނިކް ކަމަށްވާއިރު، މި ފިލްމުގެ ލިރިކްސް ލިޔެފައި ވަނީ ރިޝްމީ ވިރާގް، ސިދާތު-ގަރިމާ، ގުރްޕްރީތު ސައިނީ އަދި އޮޒިލް ދަލާލްއެވެ.

ފޭނުން ވަނީ ފިލްމުގެ އެކްޓަރުންނާއި ޓްރެއިލާއަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް ސިއްދާންތު އާއި ޓްރިޕްޓީގެ އެކްޓިންއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މިޔުޒިކް ވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.

ފިލްމް ރިލީޒްކުރަން ކުރިން ގިނަ ތާރީޚްތަކެއް ދީފައިވެއެވެ. މިހާރު އަދި ހަމަޖެހިފައިވަނީ އޯގަސްޓްމަހުގެ 1 ވަނަ ދުވަހު ފިލްމް ރިލީޒްކުރަން ކަމުގައިވެސް ބޮލީވުޑްގެ ޚަބަރުތައްގެނެސްދޭ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay