
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް
ސައުދީ ރަސްގެފާނުގެ ސިއްހީ ޓެސްޓުތަކެއް ހަދަނީ

ރިޟްވާން މޫސާ - 17 ޖެނުއަރީ 2026 - 14:10
ސައުދީ ރަސްގެފާނު، ކިންގު ސަލްމާން ބިން އަބްދުލް އަޒީޒް، ސިއްހީ ގޮތުން ޓެސްޓުތަކެއް ހައްދަވަމުން ގެންދަވާކަމަށް އެ ގައުމުގެ ޝާހީ ކޯޓުން ބުނެފިއެވެ.
ކިންގު ސަލްމާންގެ ސިއްހީ ޓެސްޓުތަކެއް ހަދަމުން ގެންދާއިރު އެމަނިކުފާނުގެ އުމުރުފުޅުން މިހާރު ވަނީ 90 އަހަރުން މަތިވެފަ އެވެ.
ސަލްމާން ރަސްގެފާނުގެ ޓެސްޓުތައް ހަދަމުން ގެންދަނީ ކިންގު ފައިސަލް ހޮސްޕިޓަލުގަ އެވެ
ސައުދީ ރަސްގެފާނު އެންމެ ފަހުން ސިއްހީ ޓެސްޓެއް ހަދާފައިވާ ކަމަށް ރިޕޯޓް ލިބިފައި ވަނީ މިދިޔަ 2024 ވަނަ އަހަރުގައި ފުއްޕާމޭގެ ޓެސްޓެއް ހެދުމުގަ އެވެ.
ނަމަވެސް މިހާރު ރަސްގެފާނު ހައްދަވަމުން ގެންދަވާ ޓެސްޓުތަކަކީ، އެއްވެސް އާލާސްކަންފުޅެއްގެ ސަބަބުން ހައްދަވާ ޓެސްޓުތަކެއްކަން ވެސް އެ ގައުމުގެ ރަސްމީ އިދާރާތަކުން ކަށަވަރުނުކޮށްދެއެވެ.
ސަލްމާނަކީ އެ ގައުމުގެ ހަތްވަނަ ރަސްކަލެވެ. ސަލްމާނަށް ރަސްކަން ލިބިވަޑައިގަތީ 2015 ވަނަ އަހަރު، އެއިރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރުވުމުންނެވެ.
ނަވާރަސަތޭކަ ތިރީސްފަސްވަނަ އަހަރު އުފަންވެވަޑައިގެންނެވި ރަސްގެފާނު ސަލްމާނަކީ، ސައުދީ އަރަބިއްޔާގެ އެންމެ ފުރަތަމަ ރަސްގެފާނު އަބްދުލްއަޒީޒް އާލް ސައުދުގެ 25 ވަނަ ދަރިކަލުންނެވެ. އޭނާއަކީ މީގެ ކުރީގެ ސައުދީ ރަސްކަލުންނަށް ލަފާ އެރުވުމާއި، ޝާހީ އާއިލާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދައިކުރެއްވުމުގައި ވެސް އިސް ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ދުވަސް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ދުވަސް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)