logo

ތެޔޮ ބާޖެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

profile

އައިޝަތު އިނާޝާ - 08 ނޮވެމްބަރު 2025 - 10:07

ތެޔޮ ބާޖެއް ކުޑަވިލިގިލި ރިސޯޓްގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް އަރައިފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ބުނީ "ހޯކްސް ދޯދި" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ކ.ކުޑަވިލިގިލި ރިސޯޓްގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ތެޔޮ ބާޖު ފަރަށް އަރާފައިވާއިރު، ގދ. ފަރެސް މާތޮނޑާގެ "ފަހި ރޯޅި" ނަމަކަށް ކިޔާ ބޯޓެއް ވެސްް މުދާ ބަރުކޮށްގެން މާލޭން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ވަނީ ފަރަކަށް އަރާފައެވެ. ބޯޓުން 12 މީހުން ދަތުރުކުރިއިރު، އެ ބޯޓު އެރީ ވ. ފެލިދޫ ކައިރީ އޮތް ފަރަކަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay