
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ޑާވޯސްގައި ބޭއްވި ބައްދަލުވުމުގެތެރެއިން
ޔޫކްރެއިން ހަނގުރާމަ: ރަޝިޔާ އާކު ވެވުނު އެއްބަސްވުން ވަރަށް ކާމިޔާބު

ރިޟްވާން މޫސާ - 21 ޖެނުއަރީ 2026 - 06:15
ޔޫކްރެއިންގެ ހަނގުރާމަ އާޢި ގުޅޭގޮތުން ރަޝިއާ އާއެކު ވެނުނު އެއްބެސްވުން ވަރަށް ކާމިޔާބު ކަމަށް ރަޝިޔާއިން ހާމަކޮށްފި އެވެ
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްދާ މި ހަނގުރާމަ އަށް އަދި މިހާތަނަށް ގޮތެއް ނިމިފައެއް ނުވެ އެވެ.
ދެގައުމުގެ ދެމެދުގައި އަބަދުވެސް މި ހަނގުރާމަ ހުއްޓައިލުމަށް މަޝްވަރާ ކުރުމުގެ ބައްދަލުވުންތައް ބާއްވަ އެވެ. ނަމަވެސް މި ހާތަނަކަށް އަދި ހަނގރާމަ ހުއްޓާލުމަކަށް އެއްބެސްވެފައެއް ނުވެ އެވެ.
ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން ސްވިޒަލެންޑުގެ ޑާވޮސްގައި ވަނީ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.
ޑާވޮސްގައި ކުރިއަށްދާ ވޯލްޑް އެކޮނިިކް ފޯރަމްގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެފައި ވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖާރިޑް ކުޝްނާއެވެ.
ރަޝިޔާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޚާއްޞަ މަންދޫބު، ކިރިލް ދިމިތުރީވްއެވެ.
ރަޝިޔާއިން ބުނީ ބައްދަލުވުމުގައި މުހިންމު ވާހަކަތައް ދެކެވުނު ކަމަށާއި މައްސަލައިގައި ރަޝިޔާއިން ދެކޭ ގޮތް އެހެން ފަރާތްތަކަށް ވިސްނޭ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެެވެ. ވިޓްކޮފް ވެސް ވިދާޅުވީ ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
އެމެރިކާއިން ގްރީންލޭންޑު އިސްތިޢުމާރުކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުންދާ މި ދަނޑިވަޅުގައި، ޔޫކްރެެއިންއަށް ވާގިވެރިވާ ވިލާތުގެ ޤައުމުތަކުން ދަނީ ޔޫކްރެއިންގެ ސަރަޙައްދެއް ރަޝިޔާއަށް ދޫކޮށްލުމަށް އެމެރިކާއިން ބާރުއަޅަފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ކިބައިން ސަލާމަތްތެރިކަން ހޯދައި ހަނގުރާމަ ހުއްޓުމަށް އީޔޫ އިން ގޮވާލައިފި
11 ގަޑިއިރު ކުރިން

ކުޑަ ކުއްޖެއްގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
11 ގަޑިއިރު ކުރިން

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
ދުވަހެއް ކުރިން

ކަނދުފަތި އެޅުމުގެ ރެކޯޑު މި ސަރުކާރަށް!
ދުވަހެއް ކުރިން


.gif&w=3840&q=75)