logo
--

--

ޤައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހު ފަށަނީ!

profile

އަހުމަދު ޒަލީފު - 26 މޭ 2023 - 13:20

މި އަހަރު ބާއްވާ 49 ވަނަ ގައުމީ ބެޓްމިންޓަން މުބާރާތް އަންނަ މަހު ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

https://wamco.com.mv/

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ސްކޮޑް ވަނީ އެކުލަވާލާފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ސްކޮޑް އިއުލާނުކުރިއިރު، މި ފަހަރުގެ ސްކޮޑުގައި ޖުމްލަ 14 ކުޅުންތެރިން ހިމެނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، ސްކޮޑް އެކުލަވާލުމަށް ފަހު، ވަރަށް އަވަހަށް ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ތަމްރީނުތައް ކުރިއަށްދަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި އޭޝިއަން ގޭމްސްއަށް ޚާއްސަކޮށް ގެނެސްފައިވާ ދެކުނު ކޮރެއާގެ ހައި ޕާފޯމަންސް ކޯޗުގެ ބެލުމުގެ ދަށުން ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20-72 އަށް މާލޭގެ އިންޑޯ ބެޑްމިންޓަން ހޯލުގައި ކަމަށެވެ.

އެހެންވެ މި މުބާރާތުގައި ބައިވެރިވާ ޝައުގުވެރިވާ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޤައުމީ ބެޑްމިންޓަން ސްކޮޑް ކޯޗުންގެ އިރުޝާދާ އެކު އެކުލަވައިލެވުނުއިރު، މި ސްކޮޑުގައި ހިމެނުމަށް ހުށައެޅުނު ޤައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅުނު ފަސް ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ.

https://etukuri.mv/
https://www.aslu.com.mv