logo

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

profile

އައިމިނަތު ރޫޔާ - 03 ޑިސެމްބަރު 2024 - 10:40

ރައްޔިތުންގެ މަޖިލިސް: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: މަޖިލިސް

މަސްތުވާތަކެއްޗާބެހޭ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލަހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮތް މަޖިލީހުގެ ޖަލްސާ އަށް ވަނީ އިއްވާފައެވެ . ސަރުކާރުގެ ފަރާތުން ، މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުޕް ނަޝީދުއެވެ.

މެމްބަރު ވިދާޅުވީ މި އިސްލާހު ގެނައުމުގެ މަގްސަދަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން، އެކަން ކުރުމަށްޓަކައި ބޭނުންކުރާ އިތުރު ފަރާތްތައް ދެނެގަނެ، އެފަރާތްތައް އެކަމުން ސަލާމަތްކުރުން ކަމަށެވެ. އަދި އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރާ ހިސާބުން ފެށިގެން ދެނެގަނެ، އެމީހުން އެތަކެއްޗަށް ދެވިނުހިފަނީސް، އެމީހުން އެތަކެއްޗާއި ދުރަށް ގެންދެވޭނޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ.

މީގެއިތުރުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މަސްތުވާތަކެއްޗަށް ލެނބި، އެއަށް ބަރޯސާވެފައިވާ މީހުން ހަމައެކަނި ކުށްވެރިންގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެފަރާރްތަކަށް އެކަށޭނެ ފަރުވާ ޕްރޮގްރާމެއްގެ ދަށުން އަލުން މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި، ހެދުމަށް އުސޫލުތަކެއް ކަނޑައެޅުން ކަމަށާއި މަސްތުވާތަކެއްޗާއި ގުޅޭ ކުށަށް އަދަބު ކަނޑައެޅުން ކަމަށެވެ.

މެމްބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި މަސައްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތިން ޓްރެފިކްކޮށް ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީވެ، އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުން ކަމަށެވެ.

ހަމަމިއާއެކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައަށް، އަނބުރާ ރުޖޫއަވެވޭނޭ ފުރުސަތު ދިނުމަށްޓަކައި ގާނޫނު ނަންބަރު (17/2011) މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހުކުރުންކަމަށް މެންބަރު ވިދާޅުވިއެވެ.

އެ ބިލްގައި ހިމެނޭ މައިގަނޑު އިސްލާހުތައް:

ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވަތަކެތި ކޮންޓްރޯލް ކުރަންޖެހޭ ނިޒާމެއް ތައާރަފްކުރުން

މަސްތުވާތަކެއްޗައި ގުޅޭ އިތު ކުށާއި އަދަބު ކަނޑައެޅުން

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން

ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާ ޕްރޮގްރާމްއާ ގުޅޭ އުސޫލުތައް މުރާޖައާކުރުން

މަސްތުވާތަކެއްޗާއި ގުޅޭ ކުއްތައް ހުއްޓުވުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން

ކުށް ކޮއްގެން ހޮދައި މުދަ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުން

އެނޫނުވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދާނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.

މެންބަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ޖުމުލަ 89 އިސްލާހު ހުށަހެޅިފައިވާނެކަމަށެވެ.

މެންބަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަކީ މީގެ 12 އަހަރުކުރިން އަމަލުކުރަން ފަށާފައިވާ ގާނޫނެއް ކަމަށާއި، އެގޮތުން އެ ގާނޫނޫ ވުޖޫދުވީ 2011 ވަނަ އަހަރު ޑިސެމްބަރު މަހުގައި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ކަމަށެވެ.

https://wamco.com.mv/
tel:+9607331319