100 ރުފިޔާގެ އާ ނޫޓް ތައާރަފު ކުރަނީ
ޝާމާ ޝުޢައިބު - 13 ޖެނުއަރީ 2025 - 15:35
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޗާޕްކޮށްފައިވާ 100 ރުފިޔާގެ ނޫޓު އަންނަ ހަފުތާގެ އާދިއްތައިގައި، ދައުރުކުރަން ފަށާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މި ނޫޓްގައި ރުފިޔާގެ ނިޝާން ނޫޓްގެ ދެ ފަރާތުގައި ހިމަނާފައިވާއިރު މިއީ އެ ނިޝާން ތައާރަފުކުރި ފަހުން ނިޝާނާ އެކީ ދިވެހި ރުފިޔާގެ ނޫޓެއް ތައާރަފުކުރާ ފުރަތަމަ ފަހަރެވެ. އެ ނިޝާން ތައާރަފުކުރީ ޖުލައި 16، 2022 ގައެވެ.
މި ނޫޓުތަކުގައި ވާ ތާރީޚަކީ ހަތެއް ޖުލައި 2024 އަދި އެކެއް މުހައްރަމް 1446އެވެ.
މިހާރު ބޭނުންކުރަމުންދާ "ރަންދިހަ ފަހެއް" ޕޮލިމާ ނޫޓު ސީރީޒް ތަޢާރަފުކުރެވުނީ 2016 ގައެވެ. 2016 ގައި ތަޢާރަފުކުރެވުނު ނޫޓު ސީރީޒްގައި ސޮއިކުރައްވާފައިވަނީ އޭރުގެ ގަވަރުނަރު މަރިޔަމް އަމީޒާއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން