ސިޔާސީ މަޝްރަހުގަ ކުޅިބައި އެތުރޭ ގޮތުން އުއްމީދު އާލާވޭ - ޝިޔާމް
އަހުމަދު ޒަލީފު - 25 ފެބްރުއަރީ 2023 - 07:58
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް
ސިޔާސީ މަޝްރަހުގަ ކުޅިބައި އެތުރޭ ގޮތުން އުއްމީދު އާލާވާ ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއެކު ޖޭޕީ ކޯލިޝަން ހެދުމަކީ ނާދިރުކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސިޔާސީ މަސްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާކޮށްދޭ. ޖުމްހޫރީ ޕާޓީ މިވަގުތި @ibusolih އާއެކު 2023 އަށް ކޯލިޝަން ހެދުމަކީ ނާދިރުކަމެއް. ރައީސް ޔާމީން ގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް އެބަ ދިމާވޭ!#FreePresidentYameen #RY2023
— Ahmed Shiyam (@Shiyamaldives) February 25, 2023
ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ސޯލިހަށް ތާއިދު ކުރައްވަން އަދާލަތު ޕާޓީންނާއި އެމްޑީއޭއިން ވަނީ ނިންމާފައެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަންކަމަށް އިގްރާރް ވާނީ ލައްކަ ވިސްނުން ވިސްނައި، ލައްކަ ގޮތް ގޮތަށް ފިކުރު ކުރުމަށްފަހުގައި ކަމަށްވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ، އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމި ނިންމުމަށް ޢިލްވުވެރިން ވިދާޅުވަމުން ގެންދަވާ ފާޑުކިޔުންތަކަށް ވަނީ ރައްދު ދެއްވާފައެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާ ސަލާމަތަށް އެންމެ ފައިދާ ގޮތަށް ނޫނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރެއް ނުވާނެކަމަށައި މީގެ ކުރިން ވެފައެއްވެސް ނޯންނާނެކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައި އެކުގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީއެއް ލިބުމާއެކު އަދާލަތު ޕާޓީގެ މަޖިލިހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފާސްކޮށްފައެވެ
ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި، ރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީއެއް ގާއިމް ކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުން މިއަދު ނިންމާފައި ވަނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމަށްޓަކައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް - އެމްޑީއޭ
އެމްޑީއޭގެ މި ނިންމުމާއެކު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މިކަމަަށް ޝުކުރުއަދާކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް. - ރައީސް
މި ނިންމުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ރައީސް ޢަލީ މައުރޫފް ވިދާޅުވީ، ދެވަނަ ދައުރެއް ރައީސްއަކަށް ދިނުމަކީ، ސިޔާމު ގަބޫލު ކުރައްވަ ގޮތުގައި ވަަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ ފަސް އަހަރުގެ ދައުރަކީ ކުރު ދައުރަކަށް ވުމުން ކަަމަށެވެ.
ދެވަނަ ދައުރެއް ދިނުމަކީ ފެށިފައި ހުރި ޕްރޮޖެކްޓްތައް ނިމި ގައުމު ހަމަހިމޭން ކަމާއެކު ދަތުރު ކުރުމަށް، އަދި އިގްތިސޯދީ ގޮތުން، ދެވަނަ ދައުރެއް ދިނީމާ ރާއްޖޭގައި ބޮލަކަށް ޖެހޭ މިންވަރު އިތުރުވެ، ރާއްޖޭގެ އިގްތިސޯދު ތަނަވަސްވެގެން ދާނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރަނީ އެހެންވެ، އެހެންވެ ރާއްޖޭގެ ރައީސް ސޯލިހާއި އެކީގައި ކޯލިޝަން ހެދީ - މައުރޫފް
އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމާއި އެކީ އެމަނިކުފާނު ވަނީ ގިނަ ޕާޓީތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވާފައެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކޮށް ކޯލިޝަނެއް ހަދަން ނިންމާފައިވަނީ އަދާލަތު ޕާޓީންނާއި އެމްޑީއޭއިންނެވެ.
ޖޭޕީން ރައީސް ސޯލިހާއި އެކީ ކޯލިޝަނެއް ހެދުމަކީ ނާދިރު ކަމެއް ކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު، އެކަން އެޕާޓީން މިއަދު ނިންމާނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން