logo

ރަޝިޔާއާއަށް ފިޔަވަޅު ނާޅާކަމަށް ބުނުމުން ސަފީރުގެ ނުރުހުން މައުމޫނަށް

profile

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 11:21

 ކުރީގެ ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން

ރަޝިޔާ އިން ޔުކްރެއިނަށް ދެމުންގެންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމް ވިދާޅުވި ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ނުރުހުން އަމާޒުވެއްޖެއެވެ.

ރައީސް މައުމޫނު ކުރެއްވި ޕޯސްޓުގައިވަނީ ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން އެކަމާ އަޅާނުލާކަމަށް ވިދާޅުވެ ސަލާމަތީ މަޖިލީހަށް ނުރުހުން އަމާޒުކުރައްވާފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ފަށަންޖެހުނީ ޔޫކްރެއިންގެ ރައީސްގެ ސަބަބުން ރަޝިޔާގެ ޑޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވުމުންކަމަށް ވިދާޅުވެފައެވެ.

2022 ވަނަ އަހަރުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ރަޝިޔާ އިސްވެ ސުލްހައަށް މަސައްކަތްކުރިކަމަށާއި އެކަން ހުއްޓުނީ އެމެރިކާއާއި އިނގިރޭސިވިލާތް އިސްވެ އޮވެ އެކަމަށް ހުރަސްއެޅުމަށް ޔުކްރެއިންގެ ރައީސް ވްލަޑްމިއާ ޒެލެންސްކީއަށް ހިތްވަރުދިނުުމުންކަމަށް ސަފީރު ވިދާޅުވިއެވެ.

ނިންމާލަމުން ސަފީރުވަނީ ޔަހޫދީ އިސްރާއީލުގެ ޣައިރު ޤާނޫނީ ދައުލަތުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ނަށް ކުރިމަތިވާ ކަންތައްތައް ނިމުމަކަށް ގެނައުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ނުކުޅެދިފައިވާކަން ހަނދާންކޮށްދީ އެކަމާ އަޑު އުފުލުމަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ދިފާއުގައި ރާއްޖެއިން އަންނަނީ އދ. ގައި ވަކާލާތުކުރަމުންނެވެ. އަދި ގައުމީ ފެންވަރުގައި ރާއްޖޭގެ އަޑު އިއްވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319