logo

ވިއްސާރައިގައި ކުޅުދުފުއްޓަށް ބޮޑު ގެއްލުމެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޯގަސްޓު 2024 - 11:59

ވިއްސާރައިގަ ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދަނީ

ވިއްސާރައިގަ ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ހދ. ކުޅުދުއްފުއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ހުޅަނގުގެ ވިއްސާރަ މާލެ އާއި ބައެއް ރަށްރަށަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހިފައިވެއެވެ. އެގޮތުން ރޭ ކުރި ވިއްސާރައިގައި ގެއްލުން ލިބުނު އެއް ސަރަހައްދަކީ ރާއްޖޭގެ އުތުރަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ ރޭ އުތުރުގެ އެކި ރަށްރަށުގެ ގޭބިސީތަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެކަމުގެ އެންމެ ގިނަ ރިޕޯޓުތައް ލިބުނީ ހދ. ކުޅުދުއްފުށީން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެގޮތުން ކުޅުދުއްފުށީގެ 57 ގެއަކަށް ފެންވަދެ ގެއްލުން ލިބުނުއިރު އޭގެ ތެރެއިން 5 ގެއަކުން މީހުން ބަދަލުވެސްކޮށްފައިވެއެވެ.

އޭގެއިތުރުން، ހއ. ހޯރަފުށިން 2 ގެއަކާއި ށ. ފީވަކުން 5 ގެއެއްގެ އިތުރުން ށ. ނޫމަރާގެ ވެސް 5 ގެއަކަށް ފެން ވަދެ ގެއްލުން ލިބުނު ކަމަށް ރޭ ރިޕޯޓުކޮށްފައިވެއެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ވަޒަންކުރުމަށް ފަހު، ސަރުކާރުން ދަނީ އެފަރާތްތަކަށް އެހީގެ ގޮތުގައި ފައިސާ ދެމުން ނެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން އަލިވާން ފަށާނެ އެވެ.

tel:+9607331319