logo

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ފަށައިފި

profile

އައިމިނަތު ޒައިބާ - 02 ފެބްރުއަރީ 2026 - 11:58

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

https://wamco.com.mv/

ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނެވެ.

މި ޕްރޮގްރާމުގެ ދަށުން އެޗްޑީސީގެ މުއައްޒަފުން ވަނީ މިއަދު މެންދުރު ފަހުގައި ހުޅުމާލޭ މަގުތަކުގެ އެކި ސަރަހައްދުތަކުގައި ހުރި ކުނި ބުނި ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

އެޗްޑީސީން މިއަދު ވަނީ ވިލާ ޕެޓްރޯލް ޝެޑުގެ ދެފަރާތު ދުވާރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެޗްޑީސީން ވަނީ ކުރިއަށް އޮތް ރަމަޝޯން މަހަށް ހާއްސަކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އެއްގެއިން އަނެއް ގެއަށް" ތަކެތި ފޯރުކޮށްދިނުމުގެ ކެމްޕެއިނެއްވެސް ފަށާފަ އެވެ.

މި ކެމްޕެއިން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ހުރިހައި މަސައްކަތެއްވެސް ކުރިއަށް ގެންދަނީ އެޗްޑީސީ ގެ މުވައްޒަފުންކަން ފާހަގަ ކޮށްލެވެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay