logo

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން

profile

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 13:24

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް 30,484 ފަތުރުވެރިން އައިސްފައިވެއެވެ.

ރަޝިޔާ އަށް ފަހު ދެވަނަ އަށް 24,576 ފަތުރުވެރިންނާއެކު އެންމެ ގިނައިން އައިސްފައިވަނީ ޗައިނާއިންނެވެ.

ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ އިޓަލީވިލާތެވެ.

އިޓަލީވިލާތުން މިހާތަނަށް 24,498 ފަތުރުވެރިން ރާއްޖެއަަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އިނގިރޭސިވިލާތުން 21,354 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުވިލާތުން ރާއްޖެއަށް 14,671 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ މެދުވެރިކޮށެވެ.

ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް މިހާތަަނަށް 232,130 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ވީއައިއޭގެ އިތުރުން މާފަރު އެއަރޕޯޓުން ރާއްޖެއަށް 806 ފަތުރުވެރިން އަދި ގަން އިންޓަރނޭޝަން އެއަރޕޯޓް މެދުވެރިކޮށް މިހާތަނަށް ރާއްޖެއަށް ވަނީ 726 ފަތުރުވެރިން ރާއްޖެއައިސްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަމުންދަނީ ރިސޯޓްތަކުގައެވެ.

ރިސޯޓްތަކަށް މިހާތަނަށް 160,597 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނއަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ގެސްޓްހައުސްތަކުގައެވެ. އެގޮތުން ގެސްޓް ހައުސްތަކުގައި 62,771 ފަތުރުވެރިއަކު ދަނީ ޗުއްޓިީ ހޭދަކުރަމުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ތަފާސް ހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay