logo

ބަނގުރާ ފުޅި ތަކަކާއެކު އަނެއްކާވެސް ބިދޭސީ އަކު ހައްޔަރަށް

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:24

ބަނގުރާ ފުޅި ތަކަކާއެކު އަނެއްކާވެސް ހުޅުމާލެއިން ބިދޭސީއަކު ހައްރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ މެހެދީ ހަސަން ރާނާ، ނަމަކަށް ކިޔާ ބަނގުލަދޭޝްގެ ފިރިހެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށެވެ.

ބިދޭސީ މީހާ ގެންގުޅުނު ދަބަސް ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 26 ފުޅި ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޯޓުން ވަނީ މި ބިދޭސީ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 20 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

މި ފަހަކަށް އައިސް ބިދޭސީން ކުރަމުންގެންދާ މިފަދަ ގިނަ އަމަލުތަކެއް ފުލުހުން ވަނީ ހުއްޓުވާފަ އެވެ. އެގޮތުން ދާދި ފަހަކުންވެސް ވަނީ މާލޭގައި ބަނގުރާ ފުޅި ތަކަކާއެކު ބިދޭސީން ތަކެއް ހައްޔަރުކޮށްފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay