logo

ކައުންސިލް އިންތިހާބާއި އެކު ހިޔާލު ހޯދުމުގެ ވޯޓް ނެގުން ރަނގަޅު: އޭޖީ އުޝާމް

profile

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 13:23

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނެގުން ރަނގަޅުވާނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިިލިސް އިންތިހާބު އެކީގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އެކުގައި ބޭއްވުމަކީ އެންމެ އައުލާކަން ބޮޑުގޮތް ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ކައުންސިލް އިންތިހާބާއި އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނެގުން ކުރިއަށް ގެންގޮސްފި ނަމަ އިތުރަށް އިތުރަށް 20 މިލިއަން ހޭދަވާނެ ކަަމަށެވެ. އަދި ވަކިން ރެފަރެންޑަމް ބާއްވާނަމަ 60 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރެއްވުމުގެ ކުރިން ކެބިނެޓްގެ ލަފަޔާއި އެކު ގަރާރެއް ނެރުއްވަން ޖެހޭނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކައުންސިލް އިންތިހާބާ އެކު ފެންނަ ނުފެންނަ ވޯޓް ކުރިއަށްގެންދަން ބޭނުންވާ ނަމަ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަމާއި ގުޅޭ ގަރާރު ކޮމިޝަނަށް ލިބެންޖެހޭނެ ކަަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ ގާނޫނީ ގޮތުން ލާޒިމްކުރާ ކަންކަން ފުރިހަމަކޮށް އިންތިހާބުތައް ބޭއްވުމަށް އެކޮމިޝަން އޮތީ ތައްޔާރަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމުން ދައުލަތުގެ ބަޖެޓުން ހަދަރުވާ މިންވަރު ކުޑަކުރެވޭ ކަމަށް މީގެ ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay