logo
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ފިޔޯރީގައި ކޯލްޑް ސްޓޯރޭޖެއްގެ ވާހަކަ ފުރަތަމަ ދެއްކީ އަޅުގަނޑު: ނައިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 14:31

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ގދ ފިޔޯރީގައި ކޯލްޑް ސްޓޯރޭޖްގެ ވާހަކަ ފުރަތަމަ އެރަށަށް ވަޑައިގެން ދެއްކެވީ އެމަނިކުފާނު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފިޔޯރީގައި ގާއިމުކުރާ މަސްދަޅު ބަންދުކުރާ ކާރުހާނާއަށް ބިން ހިއްކުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފިޔޯރީ ކަނޑުން މަސްވެރިން އަބަދުމެ ދަތުރުކުރާ ވާހަކަ އަޑުއިވިގެންދާ ކަަމަށެވެ.

މަސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ އެމަނިކުފާނާއި އެކުގައި އެއްސަފުގައި އެއް ލެވެލްއެއްގައި އެވާހަކަ މިއަދު ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދުވެސް ދިޔައީ އަޑުއައްސަވަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މެމްބަރު އަޝްރަފް ރަޝީދާއި ނައިބު ރައީިސް އެކުގައި ފިޔޯރީ އާއި އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކުރަން މަސައްކަތް ކުރަމުން ގެންދެވިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މަސްވެރިން އުފުލަމުންދިޔަ ޝަކުވާތައް ވަރަށް ކައިރިން ބައްލަވަމުންދިޔަ ކަމަށެވެ. އަދި މަސްވެރިން ދިޔައީ އެވާހަކަތައް ނައިބު ރައީސް އާއި ސަރުކާރާއި ހިއްސާ ކުރަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންނެވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައީސް ގެންދެވީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރިއިރު ރައީސް ޑރ މުއިއްޒު ގެންދެވީ އެވާހަކަތައް އަޑުއައްސަވައި އެކަން ގާތުން ބައްލަވަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިންނަށް ދަތިވާ ކަންތައްތައް ރައީސްއަށް އެނގިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފިޔޯރީގައި އެޅިގެންދާ މަސްބަންދުކުރާ ކާރުހާނާގެ ހައްގު ޝުކުރު އަދާކުރަންޖެހޭ އެއްބޭފުޅަކީ ރައީސް ޑރ މުއިއްޒު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޒުވާނުންނަށް އަމާޒުކޮށް ވިދާޅުވީ ފިޔޯރީ މަސްފެކްޓްރީގެ ވަޒީފާތައް އިސްކުރުމާއެކު މަސްވެރި ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާއަށް ލިބިގެންދާ ހިތްވަރަކަށް ފެކްޓްރީ ވެގެންދާއިރު އެކަމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އައު ދޯނިތައް ގެނައުމާއި އިތުރު އުޅަނދުތައް ގެނެސް މަސްވެރި ދާއިރާއަށް ނެރުމަށް ކުރާ މަސައްކަތާއި ހިތްވަރަކަށް ވެގެންދާއިރު މަސްވެރިިކަމުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުން ގެ ޝާމިލްވުން އިތުރުކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay