
މަސް ބަންދުކުރާ ކާރުހާނާ ގާއިމްކުރަން ފިޔޯރީގައި ބިން ހިއްކަން ފަށައިފި

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 16:19
މަސް ބަންދުކުރާ ކާރުހާނާ ގާއިމްކުރަން ގދ ފިޔޯރީގައި ބިން ހިއްކަން ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އެވެ.
މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް އާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީ ތަރައްގީކުރުމަށްޓަކައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޭން ޕްރައިވެޓު ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.
ދުވާލަކު 100 ޓަނުގެދަޅުގައި މަސް ބަންދުކުކުރެވޭ ކާރުޚާނާއަކާއި ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެއި ޖޫން ގައި އޭލެވެލް އިމްތިހާނު ބާއްވަން ފަށަނީ
2 ގަޑިއިރު ކުރިން

ބީއެމްއެލްއިން މާސްޓަރކާޑާއެކު މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
2 ގަޑިއިރު ކުރިން

ޑްރޯން އެހީގައި ބޭރުގެ ދެ މަސްބޯޓް އަތުލައިގަނެފި
3 ގަޑިއިރު ކުރިން

މީހުން ދިރިއުޅޭ ރަށްރަށުގައި މަސްފެކްޓްރީތައް ގާއިމްކުރުމަކީ މަސްވެރިކަމަށް ލިބިގެންދާ ކުރިއެރުމެއް: ވަޒީރު ޝިޔާމް
3 ގަޑިއިރު ކުރިން


