
ބީއެމްއެލްއިން މާސްޓަރކާޑާއެކު މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 16:19
ބީއެމްއެލްއިން މާސްޓަރކާޑާއެކު މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަަސްވުމުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުން ފަންނީ ގޮތުން ގާބިލު، ޑިޖިޓަލް މުސްތަގުބަލަށް ތައްޔާރުވެފައިވާ ބަޔަކަށް ބޭނުންވާ ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް އެކަޑަމީ އާއި މާސްޓަރކާޑާ ދެމެދު މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން، ހަލުވިކަމާއެކު ބަދަލުވަމުންދާ ޑިޖިޓަލް މާހައުލުގައި އައު އީޖާދުތަކާއި ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކާއި ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.
މި ގުޅުމުގެ މައިގަނޑު ބޭނުމަކީ ޑިޖިޓަލް މުސްތަގުބަލެއްގައި ކުރިއަރައި ދިއުމަށް ބޭނުންވާ މުހިންމު ހުނަރުތަކުން ބޭންކުގެ މުވައްޒަފުން ބައްޓަންކުރުމެވެ.3 މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތަކާއި ފަންނީ މައުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދިނުމަކީވެސް މި ފަހުމުނާމާގެ ދަށުން ކުރިއަށްދާނެ މުހިންމު ކަމެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ މާސްޓަރކާޑާއި އެކު ވެވުނު އެއްބަސްވުމަކީ ބޭންކިންގ ނިޒާމް ހަރުދަނާ ކުރުމަށާއި ހިދުމަތްތައް ޒަމާނީ ފެންވަރަށް ކުރިއަށް ގެންގޮސް މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ގާބިލްކަން އިތުރުކުރަން އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މެއި ޖޫން ގައި އޭލެވެލް އިމްތިހާނު ބާއްވަން ފަށަނީ
2 ގަޑިއިރު ކުރިން

މަސް ބަންދުކުރާ ކާރުހާނާ ގާއިމްކުރަން ފިޔޯރީގައި ބިން ހިއްކަން ފަށައިފި
2 ގަޑިއިރު ކުރިން

ޑްރޯން އެހީގައި ބޭރުގެ ދެ މަސްބޯޓް އަތުލައިގަނެފި
3 ގަޑިއިރު ކުރިން

މީހުން ދިރިއުޅޭ ރަށްރަށުގައި މަސްފެކްޓްރީތައް ގާއިމްކުރުމަކީ މަސްވެރިކަމަށް ލިބިގެންދާ ކުރިއެރުމެއް: ވަޒީރު ޝިޔާމް
3 ގަޑިއިރު ކުރިން


