
މެއި ޖޫން ގައި އޭލެވެލް އިމްތިހާނު ބާއްވަން ފަށަނީ

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 16:19
2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިހާނު ، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިއީ އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ، ރާއްޖޭގައި މެއި، ޖޫން އިމްތިހާނު ދިނުން ހުއްޓާލުމާ ގުޅިގެން، އެ އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ހުރުމުގެ ހަރަދަށް އެކަނިވެސް އެވްރެޖްކޮށް 30,000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޭދަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޕްރައިވެޓް ކެންޑިޑޭޓުންނަށް އަމާޒުކޮށް އަލުން ރާއްޖޭގައި އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިހާން ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މި އިމްތިހާނާ ގުޅޭ އިތުރު މައުލޫމާތުތައް މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އާންމުކުރަމުން ގެންދާނެ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު އާއި ނޮވެމްބަރު މަހުގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން މާސްޓަރކާޑާއެކު މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
2 ގަޑިއިރު ކުރިން

މަސް ބަންދުކުރާ ކާރުހާނާ ގާއިމްކުރަން ފިޔޯރީގައި ބިން ހިއްކަން ފަށައިފި
2 ގަޑިއިރު ކުރިން

ޑްރޯން އެހީގައި ބޭރުގެ ދެ މަސްބޯޓް އަތުލައިގަނެފި
3 ގަޑިއިރު ކުރިން

މީހުން ދިރިއުޅޭ ރަށްރަށުގައި މަސްފެކްޓްރީތައް ގާއިމްކުރުމަކީ މަސްވެރިކަމަށް ލިބިގެންދާ ކުރިއެރުމެއް: ވަޒީރު ޝިޔާމް
3 ގަޑިއިރު ކުރިން


