logo

ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 02 ފެބްރުއަރީ 2026 - 13:24

އައިޖީއެމްއެޗް ގައި ފަރުވާދެމުންދިޔަ ގައިދީއަކު ނިޔާވެއްޖއެވެ.

https://wamco.com.mv/

ކަރެކްޝަންސް އިން ބުނީ ނިޔާވެފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒް ކުރަމުންދިޔަ އުމުރުން 53 އަހަރުގެ އަހަރުގެ އިބްރާހިމް ސުޙެއިލް ކަމަށެވެ

އޭނާ ނިޔާވީ ޞިއްޙީ ހާލަތު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 09:05 އެހާކަށްހާއިރެވެ.

އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައިވާއިރު، މަރުވީ ނިއުމޯނިއާ ބަލީގައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ސުޙެއިލްއަކީ 2025 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން މީގެ ކުރިންވެސް ސިއްހީ ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އެކަން ފުލުހުންނަށާއި، އާއިލާއަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ކަމާބެހޭ މުއައްސަސާތަކަށް ރަސްމީކޮށް އަންގާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay