
ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 55 ރުފިޔާ އަށް ތިރިވެއްޖެ

ރިޟްވާން މޫސާ - 27 ފެބްރުއަރީ 2026 - 14:04
ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 55 ރުފިޔާ އަށް ތިރިވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު މާލޭ ލޯކަލް މާރުކޭޓުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 75 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގެ އަގުތަކަކަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 50 ރުފިޔާ އާއި 55 ރުފިޔާ އާއި ދެމެދުގެ އަގުތަކަށެވެ.
ލޯކަލް މާރުކޭޓުގައި މިއަދުވެސް ހަވީރު ގަޑިއަށް ބާޒާރު ކުރަން އެއްވެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވިކަން ފާހަގަ ކުރެވެ އެވެ.
ވިޔަފާރިވެރިއަކު "އަސްލު" އަށް ބުނީ ލުނބޯގެ އަގު ބާޒާރުގައި ތިރިވާން ފާށާފައި މިވަނީ މޭވާ ތަރުކާރީ ފަދަ ބާވަތްތައް ތާޒާ ކަމާއެކު ފަސޭހައިން މިހާރު ލިބެން ހުރުމުން ކަމަށާއި، ރަމަޝާން މަހުގެ ފުރަތަމަ ދުވަސްތަކަށްވުރެ ތަކެތީގެ އަގު ނިސްބަތުން މިހާރު ކުޑަވަމުން އަންނަ ކަމަށެވެ.
ބާޒާރުގައި ދިވެހި ގިތެޔޮ މިރުސް މިއަދުވެސް ހުރީ ހަމަ ކުރިއެކޭ އެއްފަދައިން 100 ގުރާމް މިރުސް ލިބެނީ 45 ރުފިޔާގެ ރޭޓުންނެވެ. ދިވެހި ގިތެޔޮ މިރުހާއި މަޝްހޫރު ކަނޑޫދޫ މިރުހުގައި މާ ބޮޑު އަގުގެ ތަފާތެއް ނެތެވެ. ތޮޅި މިރުސް ކިލޯއެއް މިއަދު ބާޒާރުގައި ހުރީ 100 ގުރާމް 20 ރުފިޔާ އަށެވެ.
ތޮޅި މިރުހަކީ މި ރަމަޝާން މަހުގައި އެންމެ ގިނައިން ވިކޭ އެއް ބާވަތް ކަމަށްވެސް ވިޔަފާރިކުރާ ފަރާތްތަކުން ބުނެ އެވެ.
ބާޒާރުގައި ކިޔުކަންބާ ކިލޯއެއް 65 ރުފިޔާ އަދި 70 ރުފިޔާ އަށް މިއަދު ހުރި އިރު ކެބެޖު ކިލޯއެއް 30 ރުފިޔާ އަދި ކެރެޓު ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރަމަޝާން މަސް ފެށިގެން މިހާތަނަށް އައިއިރު ކަރަލުގެ އަގު ހުރީ ގާތްގަނޑަކަށް އެއް ވަރެއްގައި ހިފެހެއްޓިފައިކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ކަރާ ކިލޯއެއްގެ އަގު މިއަދު ބާޒާރުގައި ހުރީ 20 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް މިހާރު ނެތެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މި ފަހުން ތަކެތީގެ އަގު މައްޗަށް އަރައިގެންދިޔައީ ޑޮލަރުގެ އަގު މަތިވުމުންނެވެ. ނަމަވެސް މިހާރު ތަކެތި ލިބުމުގައި ދަތިކަމެއް ނެތްކަން ވިޔަފާރިވެރިން ފާހަގަކުރެއެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ދަރަވަންދޫ ހިއްކާ ކަމަށް ފެތުރިފައިވާ ވާހަކަ ސަރުކާރުން ދޮގުކުރައްވައިފި
3 ގަޑިއިރު ކުރިން

ޕީއެންސީން ކުޅުދުއްފުށި ސިޓީ މާލޭ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވައިފި
3 ގަޑިއިރު ކުރިން

އިންޑިއާގެ 50000 މީހުންނަށް އިސްރާއީލުން ވަޒީފާ ދެނީ
6 ގަޑިއިރު ކުރިން

ޑިމޮކްރެސީގެ ތެރެއަށް އަނބިދަރިން ނުވައްދަވާ، އެއީ ދަށު ދަރަޖައިގެ އަމަލެއް! ހޯމް މިނިސްޓަރ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)