
އިންޑިއާގެ 50000 މީހުންނަށް އިސްރާއީލުން ވަޒީފާ ދެނީ

ރިޟްވާން މޫސާ - 27 ފެބްރުއަރީ 2026 - 16:57
އިންޑިޔާގެ 50،000 މީހަކަށް އިޒްރާއީލް ސަރުކާރުން ވަޒީފާ ދިނުމަށް އިޒްރެއިލާ އިންޑިޔާ އާއި ދެމެދު އެއްބަސް ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ
އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ދާދި ފަހަކުން އިޒްރެއިލަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވާފަ އެވެ.
މޯދީގެ މި ދަތުފުޅުގައި އިޒްރެއިލްގެ ސަރުކާރާއެކު ދެ ގައުމުގެ ދެމެދުގައި 16 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ވަނީ އިންޑިޔާގެ 50،000 މީހަކަށް ވަޒީފާގެ ފުރުސަތު ދިނުމަށެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިސްރާއީލުން އިތުރު 50،000 އިންޑިއާ މަސައްކަތްތެރިންނަށް އެގައުމަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ފަލަސްތީނުގެ މަސައްކަތްތެރިން އިޒްރެއިލަށް ވަނުން މަނާކޮށްފައިވާއިރު އިންޑިއާއިން ވަނީ އަގުހެޔޮކޮށް އިންޑިއާގެ މަސައްކަތްތެރިން އިސްރާއީލަށް ފޮނުވާފައެވެ.
މިދިޔަ އަހަރު މެދުތެރޭގައިވެސް އިންޑިއާގެ 20،000 އަށް ވުރެ ގިނަ މަސައްކަތްތެރިން އިސްރާއީލަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ގިނަ ބަޔަކު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރެއެވެ.
ޣައްޒާ ހަނގުރާމަ ފެށުމުގެ ކުރިން އެއް ލައްކައަށްވުރެ ގިނަ ފަލަސްތީނު މަސައްކަތްތެރިން އިސްރާއީލުގައި މަސައްކަތްކޮށްފައިވާއިރު، އިތުރު 40،000 މީހުން ވަޒީފާ އަދާކުރަމުން ދިޔައީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ކޮންޓްރޯލްކުރާ ސިނާއީ ސަރަހައްދުތަކުގައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ދަރަވަންދޫ ހިއްކާ ކަމަށް ފެތުރިފައިވާ ވާހަކަ ސަރުކާރުން ދޮގުކުރައްވައިފި
3 ގަޑިއިރު ކުރިން

ޕީއެންސީން ކުޅުދުއްފުށި ސިޓީ މާލޭ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވައިފި
3 ގަޑިއިރު ކުރިން

ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 55 ރުފިޔާ އަށް ތިރިވެއްޖެ
9 ގަޑިއިރު ކުރިން

ޑިމޮކްރެސީގެ ތެރެއަށް އަނބިދަރިން ނުވައްދަވާ، އެއީ ދަށު ދަރަޖައިގެ އަމަލެއް! ހޯމް މިނިސްޓަރ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)