logo

ޑިމޮކްރެސީގެ ތެރެއަށް އަނބިދަރިން ނުވައްދަވާ، އެއީ ދަށު ދަރަޖައިގެ އަމަލެއް! ހޯމް މިނިސްޓަރ

profile

ރިޟްވާން މޫސާ - 27 ފެބްރުއަރީ 2026 - 09:29

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި, ކަމަށް މިނިސްޓަރު ރޭ ތުހުމަތުކުރައްވައިފިއެވެ.

https://wamco.com.mv/

ސޯޝަލް މީޑިޔާގައި ކާކުކަން ކަށަވަރު ނުވާ ފޭސްބްކް އެކައުންޓަކުން ޕޯސްޓުކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ އަންހެނަކާއި، ކުޑަ ދެ ކުދިނެވެ. އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ. މި ވީޑިއޯއިން އެ ފެންނަނީ މިނިސްޓަރުގެ އަނބިކަނބަލުންނާއި، ދިހަ އަހަރުގެ ދަރިފުޅެވެ.

ހޯމް މިނިސްޓަރު އަލީ އިޙްސާން ރޭ ކުރެއްވި ޕޯސްޓުގައި ވަނީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކުން ސިޔާސީ ބޭނުމަކަށް ނަމަވެސް ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ބަޔަކު އެފަދަ 'ދަށު ދަރަޖައިގެ' ކަންކަން ކުރުމަކީ ހިތަމާހުރި ކަމެއް ކަމަށެވެ.

އަދި، އެމްޑީޕީއަކީ، ޒަމާނުއްސުރެ މުޖުތަމައު ބައިބައިކުރުމުގެ ސިޔާސީ އަމަލުތައް ދައްކާ ޕާޓީއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk