
ޕީއެންސީން ކުޅުދުއްފުށި ސިޓީ މާލޭ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވައިފި

ރިޟްވާން މޫސާ - 27 ފެބްރުއަރީ 2026 - 19:47
ޕީއެންސީން ކުޅުދުއްފުށި ސިޓީ މާލޭ އޭރިއާގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފި އެވެ
ޕީއެންސީން މިރޭ ހުޅުވި އެޕާޓީގެ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިން ޖަގަހަ ހުންނަނީ މާލޭގައި ހުންނަ ބިސްބުރު ޕާކު ކައިރީގަ އެވެ.
މިރޭ ޕީއެންސީން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޖަގަހަ ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދެވެ.
ކުލަގަދަ ކޮށް މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ޕީއެންސީ އަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި، ދައުލަތުގެ އިސް ވަޒީރުންގެ އިތުން ގިނަ އަދަދެއްގެ މީހުން ބައިވެރި ވިއެވެ.
ޕީއެންސީ ދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެޕާޓީން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް ގިނަ އަދި ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކެއް މާލެއާއެކު މުޅި ރާއްޖޭގައިވެސް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ދަރަވަންދޫ ހިއްކާ ކަމަށް ފެތުރިފައިވާ ވާހަކަ ސަރުކާރުން ދޮގުކުރައްވައިފި
3 ގަޑިއިރު ކުރިން

އިންޑިއާގެ 50000 މީހުންނަށް އިސްރާއީލުން ވަޒީފާ ދެނީ
6 ގަޑިއިރު ކުރިން

ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 55 ރުފިޔާ އަށް ތިރިވެއްޖެ
9 ގަޑިއިރު ކުރިން

ޑިމޮކްރެސީގެ ތެރެއަށް އަނބިދަރިން ނުވައްދަވާ، އެއީ ދަށު ދަރަޖައިގެ އަމަލެއް! ހޯމް މިނިސްޓަރ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)