.jpeg&w=3840&q=75)
ދަރަވަންދޫ ހިއްކާ ކަމަށް ފެތުރިފައިވާ ވާހަކަ ސަރުކާރުން ދޮގުކުރައްވައިފި

ރިޟްވާން މޫސާ - 27 ފެބްރުއަރީ 2026 - 20:24
ބ.ދަރަވަންދޫ ހިއްކާ ކަމަށް ފެތުރިފައިވާ ވާހަކަ ސަރުކާރުން ދޮގުކުރައްވައިފި އެވެ
ބ. އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ހަނިފަރު ބޭ ސަރަހައްދާ ކިލޯމީޓަރެއްހާ ދުރުމިނުގައި އޮންނަ އެ އަތޮޅު ދަރަވަންދޫގެ ބައެއް ހިއްކަން ސަރުކާރުން ނިންމައިފި ކަމަށް ބުނެ އަދަދު ނޫޙުން ވަނީ އެރަށުގެ ސެޓެލައިޓް ފޮޓޯއަކާއެކު ހިއްސާކޮށްފަ އެވެ.
އަދަދު ނޫހުގެ މި ޙަބަރަށް އިޝާރާތް ކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ވިދާޅުވީ "އެއީ މުޅިން ދޮގު ޙަބަރެއް" ކަމުގަ އެވެ.
މުއްތަލިބްގެ ޕޯސްޓުގައި ވަނީ ދަރަވަންދޫ ހިއްކުމަށް ނުވަތަ ދަރަވަންދޫގެ ބައެއް ހިއްކުމަށްވެސް ސަރުކާރުން މިހާތަނަށް އެއްވެސް ޕްލޭނެއް ނުގެންގުޅުއްވާ ކަމަށާއި، މިފަދަ ކަމަކަށް މިހާތަނަކަށް އެއްވެސް މަޝްވަރާއެއްވެސް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުން ދަނީ އަތޮޅު ތެރެ އާއި މާލެ ސަރަހައްދުގައިވެސް ބިން ހިއްކުމުގެ ބޮޑެތި މެގަ ޕްރޮޖެކްޓުތަކެއް ހިންގަވަމުންނެވެ. ސަރުކާރުން ހިންގާ މިފަދަ ޕްރޮޖެކްޓްތައް އަންނަނީ އަބަދުވެސް ރައްޔިތުންނާއި، ހިއްސާކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީން ކުޅުދުއްފުށި ސިޓީ މާލޭ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވައިފި
3 ގަޑިއިރު ކުރިން

އިންޑިއާގެ 50000 މީހުންނަށް އިސްރާއީލުން ވަޒީފާ ދެނީ
6 ގަޑިއިރު ކުރިން

ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 55 ރުފިޔާ އަށް ތިރިވެއްޖެ
9 ގަޑިއިރު ކުރިން

ޑިމޮކްރެސީގެ ތެރެއަށް އަނބިދަރިން ނުވައްދަވާ، އެއީ ދަށު ދަރަޖައިގެ އަމަލެއް! ހޯމް މިނިސްޓަރ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)