logo

ހަނގުރާމަ ހުއްޓާލާކަށް ނުބުނަން: އީރާން

profile

ރިޟްވާން މޫސާ - 02 އޭޕްރީލު 2026 - 16:13

އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެއްވެސް ހުށަހެޅުމެއް އީރާނުން ހުށަހަޅާފައި ނުވާނެ ކަމަށް އެ ޤައުމުގެ ޙާރިޖީ ވަޒީޜު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމެރިކާ އިސްވެ އޮވެ ޔަހޫދީންނާއި ބައިއަތު ހިފައިގެން އީރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

އީރާނުން ހަނގުރާމަ ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ.

ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދީ ގެއްލުން ދެމުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ ޤައުމުން ހުށަހަޅާފައިވާ ކަމަށް ބުނާ ފަސް ނުކުތާގެ މައްޗަކަށް އެކުލެވޭ ހުށަހެޅުންތަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ހަމައެކަނި ދައުރުވަމުންދާ ވާހަކަތަކެއް ކަމަށެވެ.

އީރާނުގެ ހަމަލާތައް އެމެރިކާގެ އަސކަރީ ބޭސްތަކަށާއި، ޔަހޫދީންނަށް މެދު ނުކެނޑި ދެމުން އަންނަ އިރު ހަނގުރާމައިގައި އީރާނު މޮޅު ވެއްޖެ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައްބުނެ އެވެ.

ދަތިކުރުމުގެ ގޮތުން އީރާނުން ވަނީ ހުރމުޒް ކަނޑުއޮޅި ވެސް ބަންދުކޮށްފަ އެވެ. އަދި ހުރުމުޒް ހުރަސްކޮށް ދާ ބޯޓުތަކަށް އީރާނުގެ ހާއްސަ ހުއްދައެއް ނެތްނަމަ އީރާނުން ހަމަލާތައް ދެ އެވެ.

ތެޔޮ ބަރުކޮށްގެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ދިޔަ ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފައިވާއިރު މި ތެޔޮ ޓޭންކަރަކީ ކުވެއިތަށް ނިސްބަތްވާ އަލް ސަލްމީ ނަމަކަށް ކިޔާ އުޅަނދަކަށެވެ.

އީރާނުން ޙަމަލާދިން އުޅަނދު ދަތުރުކުރަމުން ދިޔައީ އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް، ޗައިނާއަށް ދިޔުމަށެވެ. އެ ޓޭންކަރުގައި ސަޢުދީ އަރަބިއްޔާގެ 1.2 މިލިއަން ފީފާ ތެލުގެ އިތުރުން، ކުވެއިތުގެ 800،000 ފީފާ ތެޔޮ ހުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހުރްމުޒް ހުރަސްކުރަން މަސައްކަތް ކުރާ ޔަހޫދީންނާއި އެމެރިކާ އާ ގުޅުންހުރި އެ އުޅަނދުތަކަށް އީރާނުން ދަނީ ޙަމަލާދެމުންނެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ތެލާއި ގޭހުގެ ސަޕްލައި ތާށިވެ، ދުނިޔޭގެ ބާޒާރުގައި އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ

އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވަނީ އެމެރިކާ އަށާއި ޔަހޫދީ އިޒްރެއިލުންނަށް ތެލާއި އެހެންނިހެން ވެސް މުދާ ގެންދިއުމަށް ހުރަސްއެޅުމުގެ ގޮތުންނެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް އީރާނުް ވަނީ އެ ފުރުސަތު ދީފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk