logo

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް ރީ-ރެޖިސްޓްރީ ވާން ހުޅުވާލައިފި

profile

ރިޟްވާން މޫސާ - 18 ފެބްރުއަރީ 2026 - 09:00

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ބާއްވާ ވޯޓުލުމުގައި ރީ-ރެޖިސްޓްރީ ކުރަން ދުރުސަތު ހުޅުވާލައިފި އެވެ.

https://wamco.com.mv/

އެ ވޯޓު ނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މި މަހުގެ 22 ގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އީސީން ބުނީ ފެންނަ ނުފެންނަ ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ އަނެއް ދެ އިންތިހާބި ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުގައި ކަމަށާއި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ އެޕްރީލް 11 ގައި ކަމަށެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk