
އީރާން-އެމެރިކާ ނުސީދާ ގޮތެއްގައި ނިއުކުލިއަރ މަޝްވަރާތައް ކުރަން އެއްބަސްވެއްޖެ

ރިޟްވާން މޫސާ - 18 ފެބްރުއަރީ 2026 - 09:00
އީރާނާއި އެމެރިކާގެ މެދުގައި ނުސީދާގޮތެއްގައި އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި ބެހޭގޮތުން މަޝްވަރާތަކެއް ކުރަން އުޅޭކަން ހާމަވެއްޖެ އެވެ
އެމެރިކާއާއެކު ނުސީދާ މަޝްވަރާތައް ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ މިވަގުތު ވަނީ ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު ޢުމާނުގައި ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. ހަމަ އެ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާގެ އައު ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުުކުރައްވައިފައެވެ.
އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ މައުލޫމާތުތައް ނުދޭނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން އީރާނަށް ދީފައިވާއި، އެމެރިކާއާއެކު ޔަހޫދީ އިޒްރެއިލުންވެސް ދަނީ އީރާނަށް ދަތިކުރުމުގެ އެތަކެއް ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.
އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭ ނަމައެވެ.
އަދި ނިއުކްލިޔަރ މަޝްރޫޢުއާ ގުޅުވާ އެ ޤައުމުގެ ބެލިސްޓިކް މިސައިލް މަޝްރޫޢުއާމެދު އެއްެވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް އެ ޤައުމުން ދަނީ ބުނަމުންނެވެ. އީރާނުން ބުނީ މިހާރު ކުރަމުންދާ މަޝްވަރާތަކުގައި އިންސާފުވެރި އަދި ދެ ފަރާތަށް ހަމަހަމަ އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފިއްތުންތަކަށް އެ ޤައުމު ނުގުޑާނެ ކަމަށާއި، އެ ނޫން ގޮތަކަށް އެ ޤައުމުން ޢަމަލު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޕިލިޕީންސްގެ ނައިބްރައީސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އިއުލާނުކޮށްފި
14 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް ރީ-ރެޖިސްޓްރީ ވާން ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިއަދުންފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ
14 ގަޑިއިރު ކުރިން

ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް: ރައީސް
ދުވަހެއް ކުރިން


.gif&w=3840&q=75)