
މިއަދުންފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ

ރިޟްވާން މޫސާ - 18 ފެބްރުއަރީ 2026 - 09:00
މިއަދުން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތުހައުސް އިން ބުނެފި އެވެ.
ރަށް ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ފިތުރު ޒަކާތް ނުދެއްކޭ ފަރާތްތަކަށް އެރަށެއްގެ ކައުންސިލް އިދާރާއިން ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސްއިން މައުލޫމާތުދެ އެވެ.
މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރޯދަ މަހުގެ ފަހު 10 ގައި ވެސް ޒަކާޔް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސް އިން ބުންޏެވެ.
ފިތުރު ޒަކާތަށް ދައްކަން ޖެހޭ މިންވަރު:
* އާދައިގެ ހަނޑޫ: 12ރ.
* ތައިލެންޑް ހުދު ހަނޑޫ: 53ރ.
* ރަތް ހަނޑޫ: 96ރ.
* ބަސްމަތީ ހަނޑޫ އާދައިގެ: 77ރ.
* ބާސްމަތީ ހަނޑޫ މޮޅު: 109ރ.
* ބާސްމަތީ ހަނޑޫ އެންމެ މޮޅު: 136ރ.
* އާދައިގެ ފުށް: 10ރ.
* އާޓާ ފުށް: 75ރ.
ޒަކާތް ބަލައިގަތުން ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޕިލިޕީންސްގެ ނައިބްރައީސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އިއުލާނުކޮށްފި
16 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް ރީ-ރެޖިސްޓްރީ ވާން ހުޅުވާލައިފި
16 ގަޑިއިރު ކުރިން

އީރާން-އެމެރިކާ ނުސީދާ ގޮތެއްގައި ނިއުކުލިއަރ މަޝްވަރާތައް ކުރަން އެއްބަސްވެއްޖެ
16 ގަޑިއިރު ކުރިން

ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް: ރައީސް
ދުވަހެއް ކުރިން


.gif&w=3840&q=75)