
ޕިލިޕީންސްގެ ނައިބްރައީސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި އިއުލާނުކޮށްފި

ރިޟްވާން މޫސާ - 18 ފެބްރުއަރީ 2026 - 09:00
ޕިލިޕީންސްގެ މިހާރުގެ ނައިބްރައީސް ސާރާ ޑްޓާޓް ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެައްވައިފި އެވެ.
ސާރާ އަކީ މީގެ ކުރިން ފިލިޕީންސްގެ ރައީސްކަން ކުރެއްވި ރޮޑްރިގޯ ޑުޓާޓްގެ ދަރިކަނބަލެކެވެ.
ރޮޑްރިގޯ އެގައުމުގެ ވެރިކަން ކޮށްފައި ވަނީ 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށެވެ.
އޭނަ ޕިލިޕީންސްގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގަތީ މިހާރުގެ ރައީސް ފާޑިނަންޑް މާކޮސް ޖޫނިއާއާ އެކު ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވައި 2022 ގަ އެވެ.
ނަމަވެސް މި ފަހުން އެ ދެ ބޭފުޅުންގެ މެދުގައި ބާރުތަކުގެ މައްސަލައިގައި ކޯޅުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސާރާ ވިދާޅުވީ އޭނަ ހުންނެވީ ގައުމާއި ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގެ ރޫހާއި އަޒުމާއި ޖޯޝުގައި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް ރީ-ރެޖިސްޓްރީ ވާން ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިއަދުންފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ
14 ގަޑިއިރު ކުރިން

އީރާން-އެމެރިކާ ނުސީދާ ގޮތެއްގައި ނިއުކުލިއަރ މަޝްވަރާތައް ކުރަން އެއްބަސްވެއްޖެ
14 ގަޑިއިރު ކުރިން

ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް: ރައީސް
ދުވަހެއް ކުރިން


.gif&w=3840&q=75)