logo

އެމްޑަބްލިޔުއެސްސީގެ އީ-ޕޯޓަލް އަދި އެޕުން ބިލަށް ފައިސާ ދައްކައިގެން އުމްރާ ދަތުރެއް

profile

ރިޟްވާން މޫސާ - 08 މާރިޗު 2026 - 08:48

އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީ.ޕޯޓަލް މެދުވެރިކޮށް ގަވާއިދުން ފެން ބިލަށް ފައިސާ ދައްކަވާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

https://wamco.com.mv/

އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދަނީ ”ހަދިޔާ ބަދިޔާ“ގެ ނަމުގައި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީ-ޕޯޓަލް އަށް އަހުލުވެރިކޮށް، އެޕް އަދި އީ-ޕޯޓަލް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމެވެ.

އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުމަކީވެސް އެ ޕްރޮމޯޝަންގެ މަގުސަދެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

މި އެޕްލިކޭޝަންގެ ސަބަބުން ކޮންމެ ތަނަކު ހުރެގެންވެސް ވަގުތުން ބިލްގެ މައުލޫމާތުތައް ބަލާލުމާއެކު ބިލްދެއްކުމާއި ވަގުތު ސަލާމަތް ކުރުންފަދަ ފަސޭހަތައް ވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ޕްރޮމޯޝަނުގެ މުއްދަތަކީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުމާއެކު ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެޕް އަދި އީ.ޕޯޓަލް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރަކަށްވުމާއެކު ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެން ބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރަކަށްވުން ހިމެނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބޭ ފަރާތް އިއުލާންކުރާ ތާރީހުން ފެށިގެން އެ ކުންފުނިން ދޭ މުއްދަތުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަންވާނެ ކަމަށެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮމޯޝަނާއި ބެހޭ ގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ އެކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުވުމުން ނުވަތަ އަށް އީ-މެއިލްކުރުމުން އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk