logo

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި

profile

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 12:11

ހދ. އަތޮޅުގެ ރަށްތަކުން އަތޮޅުގެ ތަރައްޤީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ޚާއްސަ ބޯޑެއް އެކުލަވާލަން ފެށި މަސައްކަތް ހުއްޓާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، (އެލްޖީއޭއިން) އަންގަވައިފިއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފަށް އެލްޖީއޭއިން ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށާއި، ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލާ މަސައްކަތް ކުރުމަކީ ކުރެވިދާނެކަމެއް ކަމަށް އެ އޮތޯރިޓީން ނުދެކޭކަމަށެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ޤާއިމްކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވެނު އިސްލާޙުގެ މަޚުފޫމަށް ފުށުއަރާކަމެއްކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

https://wamco.com.mv/

އެލްޖީއޭއިން ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން އުކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ މަސައްކަތް ކުރިއަށްނުގެންދިޔުމަށް އެދިފައިވާއިރު، އަދި އެފަދަ ބޯޑެއް އެކުލަވާލުމަށް އެ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ނިންމާފައިވާ ނިންމުމަށް ވާސިލްވުމަށް ކަނޑައެޅި ޤާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށްވެސް އެލްޖީއޭއިން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާގޮތަށް ބޯޑެއް އެކުލަވާލަން އިސް ނެންގެވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk