
ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަ ކޮޅުވެއްޓިއެއް ރާއްޖެ ގެންނަނީ

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 12:26
ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަ ކޮޅުވެއްޓިއެއް ބަނދެ ރާއްޖެ ގެނެވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވޭސްޓް މެނޭޖްމެންޓްގެ ޑިރެކްޓަރު ޖެނެރަލް މުރުތަލާ ވިދާޅުވީ، އަމާޒަކީ އެ ވުޒާރާއިން ހިންގާ މަޝްރޫއުތައް 2027 ގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލުން ކަމަށާއި، އަދި އެކަމަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާނެކަމަށެވެ.
މުރުތަލާ ވިދާޅުވީ ތިން އުޅަނދެއް ބަނުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، އޭގެ ތެރެއިން އެއްް އުޅަނދު އިންޑިއާގައި ބަނދެ ނިންމައި، މިހާރު ރާއްޖެ ގެނައުމުގެ މަރުހަލާ ކުރިއަށް ދާކަމަށެވެ. އަދީ އޭގެ އެންމެ ފަަހުގެ އިންސްޕެކްޝަން އަށް ރާއްޖެ އިން ޓީމެއް އިންޑިއާ އަށް ދިއުމަށް މި ހަފްތާގައި ފުރާނެ ކަމަށާއި، އަދި ރާއްޖޭގައި ދެ އުޅަނދެެއް ބަނދެވެމުންދާ ކަމަށާއި އަންނަ އަހަރުގެ ޖުލައިގައި އޮޕްރޭޝަން އަށް ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުރުތަލާ ވިދާޅުވީ ކުނި މެނޭޖް ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި 28 ރަށެއްގައި ކުނި މެނޭޖް ކުރުމަށް މަރުކަޒުތައް ގާއިމް ކުރެވިފައިވާނެ ކަމަށާއި، 82 ރަށަކަށް ކުނި މެނޭޖް ކުރުމަށް އިކުއިޕްމެންޓްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކާދު ހަދާ ޓެކްނޮލޮޖީ 6 ރަށެއްގައި އިންސްޓޯލްކޮށް ކައުންސިލްތަކާ ހަވާލުކުރެވިފައިވާ ކަމަށާއި، 92 ރަށަކަށް ކުނި އުފުލުމަށް ވެހިކަލަ ފޯރުކޮށްދީފައިވާއިރު ކަނޑު މަގުން ކުނި އުފުލުމަށް އެކަމަށް ހާއްސަ ކުރެވިގެން ޑިޒައިންކޮށް ލޭންޑިން ކްރާފްޓްތައް ބަނދެ ރާއްޖެ ގެނެވުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް މުރުތަލާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނީގެ ކަންކަމަށް މައި ތިން ފެސިލިޓީ ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މުރުތަލާ ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި
3 ގަޑިއިރު ކުރިން

ސިވިލް ކޯޓުގެ ގާޒީކަމަށް ހުޅުވާލި ފުރުސަތުގަ 42 މީހަކު ކުރިމަތިލައިފި
5 ގަޑިއިރު ކުރިން

ޗައިނާގައި ފެން ބޮޑުވެ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
5 ގަޑިއިރު ކުރިން

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)