.jpg&w=3840&q=75)
ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 14:22
މާލޭ ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ޤާއިމްކުުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، "އޭ ޒޯން" އިން ފެނާއި ކަރަންޓްގެ ޚިދުމަތް މިއަދުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފޯރުކޮށްދޭން ފަށައިފައެވެ.
މީގެ ކުރިން މާލެ ނޯތު ހާބަރގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.
އެހެން ނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދެވަނަ ސެގްމަންްޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރ ސަރަހައްދު އަލުން ހުޅުުވުމާއެކު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަނީ މާލޭ ނޯތު ހާބަރގެ ޚިދުމަތް ފުޅާކޮށް، "އޭ ޒޯން"ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ. އެހެންކަމުން، މި އަހަރުގެ މާރިޗު މަހުގެ ތެރޭަގައި "އޭ ޒޯން"ގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްޕީއެލްއިން ވަނީ ފަށާފައެވެ.
މާލޭ ނޯތު ހާބަރގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރ ބޭނުންކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފައެެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ނޯތު ހާބަރ އަދި އެމްޕީއެލްއާއި ގުޅުންހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ކޯޓުގެ ގާޒީކަމަށް ހުޅުވާލި ފުރުސަތުގަ 42 މީހަކު ކުރިމަތިލައިފި
5 ގަޑިއިރު ކުރިން

ޗައިނާގައި ފެން ބޮޑުވެ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
5 ގަޑިއިރު ކުރިން

ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަ ކޮޅުވެއްޓިއެއް ރާއްޖެ ގެންނަނީ
5 ގަޑިއިރު ކުރިން

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)