
ޗައިނާގައި ފެން ބޮޑުވެ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 12:49
ޗައިނާއަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އިތުރުވެދާނެ ކަމަށް ލަފާކޮށް ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
މި ކާރިސާތަކުގައި މިހާތަނަށް 10 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ވަނީ ގެއްލިފައެވެ.
ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ފެންބޮޑުވެދާނެތީ ނުރައްކަލުގެ ހާލަތު އެންމެ މަތީ ދަރަޖައަށް ނެރެފައެވެ. މި ނިންމުން ނިންމާފައިވަނީ ގުއަންގްޝީ ސަރަހައްދުގެ ބޮޑެތި ކޯރުތައް ފުރި، ފެންގަނޑު ބަންޑުވެ، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަދެ، ހާލަތު ކޮންޓްރޯލުން ނެއްޓުމުންނެވެ.
މި ކާރިސާއާ ގުޅިގެން މިހާތަނަށް 480,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ގަންސޫ ޕްރޮވިންސުގެ ލޯންގްނާން ސިޓީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 33 މީހަކު ފަސްގަނޑުގެ ދަށުގައި ވަޅުލެވުނުއިރު، އޭގެ ތެރެއިން ސަލާމަތް ކުރެވުނު 17 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ޗައިނާއިން ދަނީ މިހާރު ކުރިމަތިވެފައިވާ ހާލަތުގެ އިތުރުން، ކުރިއަށް އޮތް "ބާވީ" ސުޕަ ޓައިފޫނަށް ތައްޔާރުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޗައިނާ އިރުމައްޗަށް ވަރަށް ބޮޑަށް އަސަރުކޮށް، 180 މޭލަށް ވައިގަދަވާނެ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
"ބާވީ" ސުޕަ ތޫފާން ދަތުރުކުރަމުންދާ މިސްރާބަށް ބަލާއިރު، ފިލިޕީންސާއި ޓައިވާނަށް ވެސް މީގެ އަސަރުކޮށް، ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން ލަފާކުރެއެވެ. މިއީ މި އަހަރުގެ ތެރޭގައި އެ ސަރަހައްދަށް ކުރިމަތިވާނެ އެންމެ ބާރުގަދަ އެއް ތޫފާނަށް ވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި
3 ގަޑިއިރު ކުރިން

ސިވިލް ކޯޓުގެ ގާޒީކަމަށް ހުޅުވާލި ފުރުސަތުގަ 42 މީހަކު ކުރިމަތިލައިފި
5 ގަޑިއިރު ކުރިން

ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަ ކޮޅުވެއްޓިއެއް ރާއްޖެ ގެންނަނީ
5 ގަޑިއިރު ކުރިން

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)