
ސިވިލް ކޯޓުގެ ގާޒީކަމަށް ހުޅުވާލި ފުރުސަތުގަ 42 މީހަކު ކުރިމަތިލައިފި

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 12:49
ޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގެ ގާޒީ ކަމުގެ ތިން މަގާމަށް ހުޅުވާލި ފުރުސަތުގައި 42 މީހަކު ކުރިމަތިލައިފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު މި ތިން މަގާމަށް ހުޅުވާލައިފައިވާއިރު، މި މަހުގެ ފުރަތަމަ ދުވަހަށް ވަނީ ކުރިމަތުލުމުގެ މުއްދަތު ހަމަވެފައެވެ.
އެ މުއްދަތުގައި ގާޒީ ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ މަގާމަށް 42 މީހަކު ކުރިމަތިލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ސިވިލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލިއިރު އެ މަގާމަށް މުސާރައިގެ ގޮތުގައި ލިބެނީ 37,700ރ. އެވެ. އަދި އެލެވަންސްގެ ގޮތުގައި 22،300ރ. އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބެއެވެ.
ގާޒީ ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާނަމައެވެ.
ސިވިލް ކޯޓުގައި މި ވަގުތު ތިއްބެވީ 17 ގާޒީންނެވެ. ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ވެސް ކުރިމަތިލާން ޖޭއެސްސީން އޮތީ ހުޅުވާލައިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި
3 ގަޑިއިރު ކުރިން

ޗައިނާގައި ފެން ބޮޑުވެ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
5 ގަޑިއިރު ކުރިން

ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަ ކޮޅުވެއްޓިއެއް ރާއްޖެ ގެންނަނީ
5 ގަޑިއިރު ކުރިން

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)