logo

ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް : މަޖިލިސް ރައީސް އަބްދުއްރަހީމް

profile

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 05:22

ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް ތަބާވާ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީ އަކީ އަބަދުވެސް ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ހިންގަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދާދިފަހުން ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި، ޕާޓީގެ ކޮންގްރެސްގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގެ ފުރިހަމަ އިޚްތިޔާރު ލީޑަޝިޕަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުމެއް ފާސްނުވި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ބައްދަލުވުމުގައި ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ހަމައެކަނި ލީޑަޝިޕުން ނިންމުމުގެ ބަދަލުގައި، އާންމު މެންބަރުންގެ ބައިވެރިވުން ހިމެނޭހެން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމަށެވެ.

އަދި އެ ކޮމިޓީގައި ރައީސް މުއިއްޒު އެންމެ ބޭނުންފުޅުނުވާ ބައެއް ބޭފުޅުން ހިމެނިފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ނަމަވެސް، ރައީސް މުޢިއްޒު ހުށަހެޅުއްވި ކަމެއް ސެނެޓުން ފާސްނުވި ކަމަށް ބުނެ އަދަދު ނޫހުން ޝާއިޢުކުރި ހަބަރަށް ރައްދު ދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު، ދޮގު ވާހަކައެއް ކަމަށެވެ.

މެމްބަރުންގެ މަޖިލިހުން ވަކި ގޮތެއް ނިންމަން ރިޔާސަތުގައި އިންނެވި ރައީސް ޑރ. މުއިއްޒު ހުށަނާޅުއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ސެނެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފުރިހަމައަށް ތާއީދުކުރައްވާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެކެވެ.

މިކަން އެންމެ ފަހުން ބޭއްވުނު ރިޔާސީ ޕްރައިމަރީގެ ނަތީޖާއިން ވަރަށް ބޮޑަށް ސާފުވެގެންދެއެވެ.

އެމަނިކުފާނަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުނީ ސެނެޓުގެ މެންބަރުންގެ ފާހަގަކޮށްލެވޭ ބޮޑު އަގުލަބިއްޔަތެއްގެ ތާއީދާއެކުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk