
މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާވެއްޖެ

މުޙައްމަދު ފަޟްލޫން - 02 ޖުލައި 2026 - 11:01
ސްޓެލްކޯއަށް މިދިޔަ އަހަރު 239 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ލިބުނު 172 މިލިއަން ރުފިޔާގެ ގެއްލުމުން އަރައިގަނެ، 2024 ވަނަ އަހަރު ވަނީ 181 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު 238 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވަނީ ކުންފުނީގެ ދަރަނި ބޮޑުތަނުން ކުޑަކުރުމުގެ ސަބަބުންނެވެ.
ނަމަވެސް، ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 949 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިއީ ކުރީ އަހަރާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
ދަރަނި އޮތް މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ފިނޭންސް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން 333 މިލިއަން ރުފިޔާ ދައްކަން އޮތްއިރު، ޕީއެސްއެމް އިން 163 މިލިއަން ރުފިޔާ އަދި މާލޭ ސިޓީ ކައުންސިލުން 53 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ.
ޖުމްލަ 19 އިދާރާއަކުން ސްޓެލްކޯއަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
މިދިޔަ އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީ ހޯދުމަށް ކުރި ހޭދަ ވަނީ 2.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ތެލަށެވެ.
ތެލަށް 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
15 މިނިޓު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
15 މިނިޓު ކުރިން

ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ: ލަޠީފް
2 ގަޑިއިރު ކުރިން

ތަޖިން ރެސްޓޯރެންޓުން ހެނދުނުގެ ނާސްތާ މިހާރު ލިބޭނެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)