
ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 02 ޖުލައި 2026 - 13:21
ވިލާ ކޮލެޖުގެ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި އިންޓޭކުގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ތަފާތު ދާއިރާތަކުން 100 އަށްވުރެ ގިނަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ވިލާ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ވަޒީފާގެ ބާޒާރުގައި ބޭނުންތެރި އަދި މުހިންމު ގިނަ ދާއިރާތަކަކުން ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ތައުލީމީ ދާއިރާ، ޝަރީއާ އަދި ގާނޫނީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާންދާރީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން، އިގްތިސާދީ ދާއިރާ، އެކައުންޓިން އަދި ފައިނޭންސްގެ އިތުރުން އިންޖިނިއަރިން ފަދަ ދާއިރާތައް ހިމެނެ އެވެ.
މީގެ އިތުރުން ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތު، އިންޓީރިއާ އާކިޓެކްޗާ، ޕްރޮޖެކްޓް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސް ފަދަ ދާއިރާތަކުން ވެސް ކޯސްތައް ކުރިއަށް ގެންދެއެވެ.
ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އާއި މެލޭޝިއާގެ މަޝްހޫރު ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ފެންވަރު ރަނގަޅު ކޯސްތައް ވެސް މި އިންޓޭކުގައި ހިމެނެ އެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަކީ ވަޒީފާތަކުގައި އުޅެމުން ވެސް ކިޔެވޭނެ ގޮތަށް ފްލެކްސިބިލިޓީއާ އެކު ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުނެއެވެ. އެ ކޮލެޖުގައި އިންޖިނިއަރިން އާއި ޓީޗިން އާއި ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ކޯހެއް އޮންލައިންކޮށް ކިޔެވޭނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ފުރައިފި
33 މިނިޓު ކުރިން

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
2 ގަޑިއިރު ކުރިން

ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ: ލަޠީފް
4 ގަޑިއިރު ކުރިން

މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)