
ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ފުރައިފި

އާމިނަތު ޝަޒްލާ - 02 ޖުލައި 2026 - 14:34
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޗައިނާގެ މާކެޓުގައި އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމުގެ މަޤްޞަދުގައި ދައުލަތުގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުކޮށް، ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ވަފުދުގައި ވިޒިޓް މޯލްޑިވްސް (އެމް.އެމް.ޕީ.އާރް.ސީ) ގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)، ޤައުމީ އެއަރލައިން "މޯލްޑިވިއަން" އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ޖަމިއްޔާތަކުގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ވަފުދުގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ހާރިޝް އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓު ކަމުގައިވާ ޗައިނާއަށް ކުރާ މި ދަތުރުފުޅުގައި، އެ ޤައުމުގެ ތިން ސިޓީއަކަށް ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވާނެއެވެ. އެއީ ވެރިރަށް ބެއިޖިންގްގެ އިތުރުން ޝަންހާއީ އަދި ޗެންގްޑޫއެވެ.
މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއ،ި އެއަރލައިންތަކާއ،ި ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ޓްރެވަލް ޓެކްނޮލޮޖީ ކުންފުނިތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސިޓީތަކުގައި ޚާއްސަ ނެޓްވޯކިންގ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
3 ގަޑިއިރު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
3 ގަޑިއިރު ކުރިން

ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ: ލަޠީފް
5 ގަޑިއިރު ކުރިން

މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާވެއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)