logo

ތަޖިން ރެސްޓޯރެންޓުން ހެނދުނުގެ ނާސްތާ މިހާރު ލިބޭނެ

profile

މުހައްމަދު މުޝްރިފް - 02 ޖުލައި 2026 - 11:01

މީރު އަރަބި ކެއުންތަކަށް މަޝްހޫރު ތަޖިން ރެސްޓޯރެންޓަކީ މިހާރު ހަމައެކަނި އަރަބި ކެއުމަށް ޚާއްސަ ތަނެއް ނޫނެވެ. ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، ތަޖިންއިން މިހާރު ވަނީ ހެނދުނުގެ ނާސްތާގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ.

https://wamco.com.mv/

ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 11:00 އަށް ކުރިއަށްދާ މި ބްރެކްފަސްޓް ބުފޭ އަކީ، ޚާއްސަކޮށް އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ބަލައިގެން ވަރަށް ހެޔޮ އަގެއްގައި ތައްޔާރުކޮށްފައިވާ ނާސްތާއެކެވެ. މިއީ ރައްޓެހިންނާއި އާއިލާއާ އެކު ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށްވެސް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

މި ބުފޭގައި ދިވެހި ރަހަތަކުގެ އިތުރުން، ބައިނަލްއަގުވާމީ އެކި ރަހަތައް ވެސް ވަނީ ހިމަނާފ އެވެ. އެގޮތުން ދިވެހިންގެ އެންމެ މަގުބޫލު މަސްހުންޏާއި ރޮށީގެ އިތުރުން، "އިންޓަނޭޝަނަލް ބްރެކްފަސްޓް" ތަކުގެ ގޮތުގައި ދިވެހިން ގަޔާވާ އެހެން ގައުމުތަކުގެ ތަފާތު މީރު ރަހަތައް ހިމެނެއެވެ. މީގެ ތެރޭގައި ތާޒާ މޭވާ އާއި އެކި ވައްތަރުގެ ޖޫސް، އަދި ހޫނު ބުއިންތައް ހިމެނެއެވެ.

ނާސްތާގެ އިތުރުން، ކޮންމެ ދުވަހެއްގެ މެންދުރުފަހު 02:30 އިން ފެށިގެން އިރުއޮއްސި 06:00 އާ ހަމައަށް ދިވެހިންގެ ސައިމޭޒުން ފެންނަ ފަދަ ތާޒާ، ރަހަމީރު ދިވެހި ހެދިކާ އާއި އަރަބި ހެދިކާގެ ބާވަތްތައް ވެސް މިހާރު ތަޖިންއިން ލިބެން ހުންނާނެއެވެ. މިއަދުން ފެށިގެން ތަޖިން ރެސްޓޯރެންޓަށް ޒިޔާރަތްކޮށް، މި ފުރިހަމަ ރަހަތަކުގެ ތަޖުރިބާ ކޮށްލައްވާށެވެ!

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk