
ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ދެނެގަތުމުގެ ޓެސްޓް ޖުލައި މަހު ހަދަން ފަށަނީ

އާމިނަތު ޝަޒްލާ - 18 ޖޫން 2026 - 05:54
ލޭ ހަދިޔާކުރާ މީހުންނާއި ލޭ ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި، "ނިއުކްލިއިކް އެސިޑް ޓެސްޓް" (އެން.އޭ.ޓީ) ނުވަތަ ލޭގެ ތަހުލީލުތަކުގެ "ގޯލްޑެން ސްޓޭންޑާޑް" ޚިދުމަތް އަންނަ ޖުލައި މަހު ފަށާނެކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އިން ހާމަކޮށްފިއެވެ.
މީސް މީޑިއާގައި ވާހަކަދައްކަވަމުން އެމް.ބީ.އެސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ އެންޑް ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވީ، ލޭގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށް މިހާރު ބޭނުންކުރާ ނިޒާމަށްވުރެ ހަރުދަނާ އަދި އިތުބާރު ހުރި ވަސީލަތެއް ގާއިމުކުރުމުގެ މަސައްކަތް ބާރުގަބޫލުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މިކަމަށް ބޭނުންވާ މެޝިންތައް އިންސްޓޯލްކޮށް، އަންނަ މަހުގެ ތެރޭގައި މި ޚިދުމަތް ރަސްމީކޮށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އުމަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ލޭ އެޅުމުގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ލޭގެ ރައްކާތެރިކަން ބަލަމުންދެއެވެ. ނަމަވެސް، އާ މެތަޑާއެކު ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ދެނެގަތުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ފުޅާވެ، ލޭގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުވެގެންދާނެއެވެ.
ލޭ ހަދިޔާކުރުމުގެ މުހިންމުކަން ހާމަކޮށް، އެކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ ބައިނަލްއަގުވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން މަނާކޮށްފި
3 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
3 ގަޑިއިރު ކުރިން

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)